Support Us

ކޯޓަށް ވަޑައިގަތުމަށްފަހު ރައީސް ޔާމީން އެނބުރި ގެއަށް ވަދެވަޑައިގަންނަވަނީ -އަދިވެސް ފައިލް ފޮޓޯ

ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމް ރައީސް ޔާމީނަށް ހަމަޖައްސައިދިނުމަށް ކޯޓުން އަމުރުކޮށްފި

ކުރީގެ ރައީސް އަބުދުﷲ ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ އެކަހެރިކޮށް ބައްދަލުވުމުގެ ފުރުސަތު ދިނުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި ދައުލަތުން އުފުލާފައިވާ ދަޢުވާތަކަކީ އެމަނިކުފަނުގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅޭ މަނީލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާއެކެވެ.

ދައުވާ އިއްވަން ފުރުސަތު ދިނުމުން ދައުލަތުން އެދުނީ މައްސަލައާ ގުޅޭ ލިޔުންތައް ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާކަން ކަށަވަރުކޮށްދިނުމަށެވެ. ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލިހުގައި ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ވިދާޅުވާ ފަދަ އެއްވެސް ލިޔެކިޔުމެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިނުވާ ކަމަށާއި ހުރިހާ ލިޔުންތަކެއް ހުރީ ވަކީލުންގެ އަތުގައި ކަމަށެވެ. އަދި އެމަނިކުފާނު ޖަލުގައި ހުންނެވިއިރު ވަކީލުންނާ ބައްދަލުކުރެވި މަޝްވަރާކުރުމުގެ އެއްވެސް ފުރުސަތެއް ނުލިބޭ ކަމަށާއި އެހެންކަމުން މިހާރު ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ވާހަކަފުޅު ދައްކަވަން ދަތިކަމުގައެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ އިތުރު ލިޔުންތަކެއް ހުށަހަޅައިފައިވާ ކަމަށް ދައުލަތުން ބުނާތީ އެ ލިޔުންތައް ލިބިގެން ނޫނީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށާއި ރައީސް ޔާމީނާއި ވަކީލުންނާ ބައްދަލުނުކުރެވޭތީ އަޑުއެހުން ކުރިޔަށް ގެންދެވޭނެ ކަމަށް ނުފެންނަ ކަމަށެވެ.

ރައީސް ޔާމީނާއި ވަކީލުންނާ ބައްދަލު ނުކުރެވޭކަން ދައުލަތާއި ރައީސް ޔާމީންގެ ފަރާތުން ދެއްކެވި ވާހަކަފުޅުން ސާބިތުވާތީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަވާ ގާޒީ ވަނީ މިއަދުގެ ޝަރީއަތް ނިންމަވާލެއްވުމަށްފަހު 10 ނުވަތަ 15 ދުވަސް ތެރޭގައި މައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *