ރާގު: މެރީތަގުދީރުކޭ މާލިކު
މިއީ ޣާޒީރަދުންގެ ހަނދާންތަކާ ޒިކުރާގެ އަސްރާރޭ
މިއީ ދިވެހީންގެ ތާރީޚީ ބިނާ އުފުލާލި އުސްފާރޭ
***
ޒަމާންތައް ދެއްކި ފިންޏާ ހޫނުގައި އަތްތަކުގެ ރައްކަލުގައި
ސަމާލުވެގެން އަދާހަމައަށް އުފަންކުރި އޭގެ ބިންގަލުގައި
އަމާންކަމުގައި ގެނައިގޮތުގައި ވަނީ ހިތްތަކުގެ އިތުބާރޭ
ވަށައިގެންވާ ނިޝާންތަކުގައި ވިދާ ޣާޒީގެ ހިޔަނިފުޅާ
އަރާއަރަފޯދިގެން ވާނޭ އުޅުއްވުމަކާ މިޒާޖުފުޅާ
ކަރާމާތާއި ހައިބަތު ފެންނަ މީ އަލި އެންމެ ދަރުބާރޭ
އެތާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެން އާއިލީ ކުލުނާ
އެކީ ބޮޑުފުޅުވިގޮތް ޣާޒީ ގުނުއްވެވި ރޭތަކާ ހެނދުނާ
އޮތީ ހުރަހެއްނުވާ ފެންނަން މިތާ ވަސްފެއްގެ އާސާރޭ
ހުތާފުން ވަންހަނާގެ އިވޭ ހިތާ ކަންފަތްތަކާ ހުޅުވޭ
ފިތާ މޭން ވިންދުތައް ހިލިގެން އަލުން އާރޫހުތައް ދިރުވޭ
މިތާގެ ފަޒާ ލަނީގުގުމާ ޖިހާދުގެ ރީތި ނައްޤާރޭ
ދަނީ ރޫހާ ހިތާ ގެނބެމުން ޒަމީރު އެކީ އޮޔާލެވެމުން
ގޮނީގައި ރާޅުތައް އުފެދޭ ތޮބީއީ ސާހިލާ ލެފެމުން
ވަނީދެމިގެން މިތާ ހުއްބުލްވަޠަން ދަންމާލި ފުންއާރޭ
ބަލާލާ ކޮންމެ ވިސްނުމަކުން ޚިޔާލުގެ ރީތި ސުފުރާއިން
ފޮލާއާ މީރު ޝަރުބަތުގައި ދުލާ އަރުގާ އެލާރަހައިން
އަލާފިލުމެއް ނުވާ ބަންޑުން ވަނީ ލޯބީގެ ކަންވާރޭ
ހިމުން ދޮންވެލި މިފަސްގަނޑުގައި ހިމެނިވާ ކޮންމެ ވެލިފުކަކުން
ދެމުންދާ މާތްވި އިލްހާމާ ގުޅުންހުރި ކޮންމެ ވިދުވަރަކުން
ނިމުންނެތް އެވިދަނީ ނަސްރާ ފަތަހަ ދިއްލާލި އަންވާރޭ