ބްރިކްސް ޖަމާޢަތުގެ މެންބަރު ޤައުމުތަކުގެ ތެރޭގައި އޮންނަ ވާދަވެރިކަމުގެ އިދާރާތަކުގެ މަސްއޫލުވެރިންނާއި ތަޖްރިބާކާރުންގެ ބައްދަލުވުން މިޞްރުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ މިއަހަރު މިޞްރު އެ ޖަމާޢާތުގައި ބައިވެރިވުމަށްފަހު މިޞްރުގައި ބޭއްވޭ ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ކާބޯތަކެތީގެ ޢާލަމީ ސަޕްލައި ޗޭނާ ބެހޭގޮތުންނާއި ގޮވާމުގެ ވިޔަފާރިއަށް އިސްކަންދިނުމާއި ދުނިޔޭގެ ބާޒާރާ ކުރިމަތިވެފައިވާ ދަތިތައް ނައްތައިލުމަށް ޓަކައި ފިޔަވަޅު އެޅުމާ ބެހޭގޮތުންނާއި މިކަމުގައި ހުރި އިޙްތިކާރީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޓަކައި އައު އާލިއްޔަތެއް އެކަށައެޅުމާ ބެހޭގޮތުން މަޝްވަރާތައް ކުރެވޭނެއެވެ.
ބްރިކްސްގެ ވާދަވެރިކަމުގެ އިދާރާތަކުގެ މަސްއޫލުވެރިންނާއި އެކަޑަމީން ވާހަކަފުޅު ދައްކަވާ މަޝްވަރާކުރައްވާނީ ދުނިޔޭގެ ގޮވާމާބެހޭ ވިޔަފާރި އިންތިޒާމުކުރުމުގައި ވާދަވެރިކަން ޙިމާޔަތްކުރުމާބެހޭ ޤާނޫނުގެ އުޞޫލުތަކަށް ޢަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުންނާއި މިކަމަށް މިހާރަށްވުރެ ހީވާގި އަދި ޝާމިލު ދެމެހެއްޓެވެނިވި ޙައްލުތަކެއް ގެނެސްދޭނެ ގޮތްތަކާ ބެހޭގޮތުންނެވެ.
މި ބައްދަލުވުމުގައި ތަފާތު އެތައް ޖަލްސާތަކެއް ބޭއްވޭނެއެވެ. އޭގެތެރެއިން އެއް ޖަލްސާގެ ސުރްޚީއަކަށް ވާނީ "ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައި ޗޭނާ ވާދަވެރިކަމުގެ ޤާނޫނު" އެވެ. ދެވަނަ ޖަލްސާގެ ސުރްޚީއަކަށް ވާނީ "ދުނިޔެގެ ބާޒާރުގައި ވާދަވެރިކަން ހަރުދަނާކުރުމަށް ޓަކައި ޤައުމުތަކުގެ އިސްނެގުންތައް" އެވެ. ތިންވަނަ ޖަލްސާގެ ސުރްޚީއަކީ "ކާބޯތަކެތީގެ ބާޒާރުގައި ވާދަވެރިކަން އިންތިޒާމުކުރުމަށް ޓަކައި ޢާލަމީ އައު ވިސްނުންތައް" އެވެ.
މި އަހަރު ވަނީ ބްރިކްސް އަށް އައު ޤައުމުތަކެއް ވައްދައިފައެވެ. އެ ޤައުމުތަކަކީ ސަޢޫދީ ޢަރަބިއްޔާއާއި އީރާނާއި އިތިޔޯޕިޔާއާއި މިޞްރާއި އިމާރާތެވެ. ބްރިކްސް ގެ އަސާސީ މެންބަރުންނަކީ ބްރެޒީލާއި ރަޝިޔާއާއި އިންޑިޔާއާއި ޗައިނާއާއި ދެކުނު އެފްރިކާއެވެ.
ބްރިކްސްއަކީ ދުނިޔޭގެ މުޅި އާބާދީގެ 45% އެވެ. ދުނިޔޭގެ ހަތައިވަރަގެ 36%އެވެ. ޖަމާޢަތް7ގެ ހަތައިވަރަކީ 30% އެވެ.