Support Us

ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލަށް ގޮވައިލާ ޖަޒާއިރުގެ ޤަރާރު އެމެރިކާއިން ވީޓޯކުރާނެ

އިންސާނީ ސަބަބުތަކަށް ޓަކައި ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް އިސްރާއީލަށް ގޮވައިލާ ޖަޒާއިރުގެ ޤަރާރު ފޭލްކޮށްލާނެކަމުގެ އިންޒާރު ވޮޝިންގްޓަނުން ދީފިއެވެ.

ޖަޒާއިރުން ހުށައަޅާ ޤަރާރުގެ އެންމެފަހު ދެލިކޮޕީ ހުރިހާ ފަރާތްތަކަކަށް ގޮވައިލަނީ ޣައްޒާ ހަނގުރާމަ އިންސާނީ ސަބަބުތަކަށް ޓަކައި ވަގުތުން ހުއްޓައިލުމަށެވެ.

ސަލާމަތީ މަޖިލީހުގައި މި ޤަރާރަށް އަންގާރަ ދުވަހު ވޯޓަށް އެހުމަށް ޖަޒާއިރުން ހުށައަޅައެވެ. މި ޤަރާރުގައި ފަލަސްޠީނު މީހުން ޣައްޒާއިން ގަދަކަމުން ބޭލުމާވެސް ދެކޮޅުހަދައިފައި ވެއެވެ. އަދި ހުރިހާ ރަހީނުން ދޫކޮށްލުމަށާއި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވުން ހުއްޓައިލުމަށް ވެސް ހުރިހާ ފަރާތްތަކަށް ގޮވައިލައިފައި ވެއެވެ.

ނަމަވެސް މި ޤަރާރުގައި އޮކްޓޫބަރު ހަތެއްގައި ޙަމާސުން އިސްރާއީލަށް ދިން ޙަމަލާ ކުށްވެރިކޮށްފައެއް ނުވެއެވެ.

އދ.ގައި ހުންނަވާ އެމެރިކާގެ ސަފީރާ ލިންޑާ ތޯމަސް ގްރީންފީލްޑް އިއްޔެ ދެއްވި ބަޔާނުގައި ވަނީ ޖަޒާއިރުގެ ޤަރާރު ކުށްވެރިކުރައްވައި އެއާ ދެކޮޅަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަޒާއިރުގެ މި ޤަރާރުގެ ސަބަބުން އެމެރިކާއާއި ޤަޠަރާއި މިޞްރު މެދުވެރިވެގެން އިސްރާއީލާއި ޙަމާސާ ދެމެދުގައި ބާއްވަމުންދާ ވާހަކަދެއްކުންތައް ހުއްޓިގެން ދާނެއެވެ. މި ވާހަކަދެއްކުންތަކަކީ ހަނގުރާމަ ހުއްޓުމަށާއި ރަހީނުން ބަދަލުކުރުމަށް ހެދޭ ޑީލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *