Support Us

އަހުރެމެން ސަރުކާރުގައި ތިއްބާ ފަލަސްޠީނު ދައުލަތް ޤާއިމެއް ނުކުރެވޭނެ: ބިން ޣަފީރު

މެދުއިރުމަތީގެ ޞުލްޙައާ ބެހޭގޮތުން އެމެރިކާއިން ކުރިއަށް އޮތް ދެތިންހަތަރު ހަފުތާގެ ތެރޭގައި އިޢުލާންކުރާ އިޢުލާނުގައި ފަލަސްޠީނުގެ ދައުލަތް ޤަބޫލުކުރާނެ ކަމަށް ބުނެފައިވާތީ އެކަމާ ދެކޮޅުހަދާ އިސްރާއިލުގެ ވަޒީރުންނާ އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އީތުމާރު ބިން ޣަފީރު (ފޮޓޯގައި) ގުޅިއްޖެއެވެ.

އޭނާ ބުންޏެވެ. "ޢަރަބި ޤައުމުތަކާއެކު އެމެރިކާއިން އިސްރާއީލު ކައިރީގައި ނިރުބަވެރި ދައުލަތެއް ޤާއިމުކުރުމަށް އެމެރިކާއިން ޢަޒްމު ކަނޑައެޅުމަކީ މަގުފުރެދިފައިވާ މަފްހޫމަކަށް ތަބާވުމެވެ. އަނެއް ފަޅީގައި ޞުލްހައިގެ ބައިވެރިއަކުވާ ކަމަށް ދުށުމަކީ ކުށެކެވެ."

އޭނާ ބުންޏެވެ. "އޮކްޓޫބަރު ހަތަކަށްފަހު ކަށަވަރުވާ ގޮތުގައި އެމީހުންނަށް ދައުލަތުގެ ސިފަދިނުމަކީ މަނަކަމެކެވެ."

އޭނާ މި މޭރުމުން ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ. "އަހުރެމެން ސަރުކާރުގައި ދެމިތިބިހާ ދުވަހަކު ފަލަސްޠީނުގެ ދައުލަތެއް ޤާއިމެއް ނުކުރެވޭނެއެވެ." އޭނާގެ އެކްސްގައި ލިޔުނެވެ. "އަހުރެމެންގެ 1400 މީހަކު މަރައިލި ބަޔަކަށް ދުނިޔެ ބޭނުންވަނީ ދައުލަތެއް ހަދާދޭން ހެއްޔެވެ؟ އެކަމެއް ނުވާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *