...

Support Us

ޖެހޭ ވައިރޯޅި ޖެހި އެ ދަނީ

ޖެހޭ ވައިރޯޅި ޖެހި އެ ދަނީ މަގޭ ވާހަކަ އަހައިފައިހޭ؟
ރިހޭ ހިތުގައި އަޅާ ވޭނާއި ކެކުޅުން ފެނި އެނގޭތީހޭ؟

ސިހޭހައި ފުން ހިތާމައިގައި މިތާ އިންކަން ނުއެނގިގެންހޭ؟
ބެހޭ ކަމަކަށް ނުވާނަމަވެސް ހިތަށް ހަމަ ކެތްނުވާތީހޭ؟

ގަހުންވެއްޓޭ ވަނދެއްވެސް ނިޢުމަތެއް ކަމުގައި ބެލޭތީހޭ؟
ހުހެއް، ހުއްސެއް، ބަލައިނުމެލައި ދަށުންރުއް އަދު ހޮވާތީހޭ؟

ރުހޭ، ނުރުހޭ، ސުވާލުގެ މާނަނެތް ޒާރުން ފޮޅޭތީހޭ؟
ވަހެއް ނެތް މާމެލާމެލި ބިންނަމުން ދާކަން އެނގޭތީހޭ؟

ފަހެއް، ކުރިޔެއް، ނުއެނގިދާއިރު، މިހާރު، އެހާރު އެއްވީހޭ؟
ލަހެއް އަވަހެއް، ހެވެއް، ދެރަޔެއް، މަށަށް ފަހެ ވިޔަނުވާތީހޭ؟

އެހެން ނޫޅެން ކަމަށް އާކުރި ޢަޒުމްވެސް ވިކި ދިޔައިހެއްޔޭ؟
ހަހެއްނެތި، ފަސްވެ، ބަސްހުއްޓެން ޖެހުނު ސަބަބެއް ނެތީތީހޭ؟

ވެހޭއިރު ފެންނަގަން އެންމެން އުޅޭއިރު، ގަނޑުވެ ގަބުވީހޭ؟
ބަހެއްބުނެލާނެ ހިތްވަރުވެސް ނެތީކަން ވިސްނުނީ ހެއްޔޭ؟

ފިހޭނެ ވަރަށް ފިހެވިގެން ގޮސް މިހިތް އަޅިޔަށްވެ ނިމުމުންހޭ؟
އެހޭނޭ ފޮނި ތަރާނާއެއް ދެނެއް ނެތްކަން އެނގޭތީހޭ؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *