Support Us

ނޭޓޯއާ ބެހޭގޮތުން ޓްރަމްޕާ ދެކޮޅަށް ކިޔާ ފާޑކިޔުންތަކަށް ރައްދުދެއްވައިފި

ނޭޓޯއާ ބެހޭގޮތުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ބަޔާނާ ދެކޮޅަށް ފާޑުކިޔުންތައް ގިނަވުމުން ރައީސް ޓްރަމްޕް އެ ފާޑުކިޔުންތަކަށް މިއަދު ރައްދު ދެއްވައިފިއެވެ.

އޭނާ ވިދާޅުވިއެވެ. "އަހުރެންގެ ވެރިކަމުގައި ނޭޓޯގެ ބާރު ވަރުގަދަ ކުރީމެވެ."

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެންމެ ވަރުގަދަ ކަމަށް ފެންނަ ކެންޑިޑޭޓް ޓްރަމްޕް މި ދިޔަ ހޮނިހިރު ދުވަހު ނޭޓޯއާ ބެހޭގޮތުން ވިދާޅުވިގޮތުގައި ނޭޓޯގެ މެންބަރުންގެ ތެރެއިން މާލީ ޒިންމާތައް އަދާނުކުރާ މެންބަރުންނަށް އެމެރިކާއިން ޙިމާޔަތެއް ނުދޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި މި ފަދަ ޤައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އޭނާ ރަޝިޔާއަށް ހިތްވަރު ވެސް ދެއްވާނެއެވެ. މި ގޮތަށް ވިދާޅުވުމުން އެމެރިކާގެ އެތެރެއިންނާއި ބޭރުން ވަނީ ރައީސް ޓްރަމްޕާ ދެކޮޅަށް ހޫނު ފާޑުކިޔުންތައް އޮހެން ފަށައިފައެވެ.

ހޯމަ ދުވަހު ޓްރުތު ސޯޝަލް މީޑިޔާގައި ޓްރަމްޕް ވިދާޅުވިއެވެ. "އަހުރެން ނޭޓޯ ވަރުގަދަކުރީމެވެ. ޖުމްހޫރީން ކަމަށް ދައްކައިގެން އުޅޭ މީހުންނާއި ވާތުފިޔައިގެ ހައްދުފަހަނަޅައިފައިވާ ޑިމޮކްރެޓުން ވަނީ މި ކަމަށް އެއްބަސްވެފައެވެ."

"ނޭޓޯގެ މެންބަރު 20 ޤައުމުގެ ގާތުގައި ބުނީމެވެ. އަދާކުރަން ޖެހޭ މާލީ ޙިއްޞާ އަދާނުކުރާ ޤައުމުތަކަށް އެމެރިކާގެ ފުރިހަމަ ޙިމާޔަތެއް ނުލިބޭނެއެވެ. ވަގުތުން ފައިސާތައް އޮހެން ފެށިއެވެ." އޭނާ ވިދާޅުވިގޮތުގައި އޭނާ ވައިޓްހައުސް އިން ބޭރަށް ވަޑައިގަތުމުން މި ޤައުމުތަކުން މާލީ ޙިއްޞާ އަދާކުރުމާ ދުރަށް ޖެހިލިއެވެ. "ތިޔަބައިމީހުން ފައިސާ ދައްކަން ޖެހޭނެޔޭ ބުނަން އަހުރެން އެތާކު ނެތެވެ."

ރައީސް ޓްރަމްޕް މިހާރުގެ ރައީސް ޖޯ ބައިޑެނާ ދެކޮޅަށް ފާޑުވިދާޅުވަމުން ވިދާޅުވިގޮތުގައި ނޭޓޯގެ މެންބަރުންނަށް ނުދެއްވާ އޭނާ ފައިސާތައް އޮއްސަވަމުން އެ ގެންދަވަނީ ޔުކްރޭނަށެވެ.

ޓްރަމްޕް ވިދާޅުވިއެވެ. "އަހުރެމެން 100 ބިލިޔަނަށްވުރެ ގިނަ ފައިސާ ޔުކްރޭނަށް ދީފީމުއެވެ. އޭގެ ބަދަލުގައި ނޭޓޯއިން ދިނީ ކޮން އެއްޗެއް ހެއްޔެވެ؟" ތަވާޒުނު ހިފެހެއްޓުމަށް ޓަކައި އެމެރިކާއާއެކު ނޭޓޯގެ ޤައުމުތަކުން ވެސް ހޭދަކުރުމަށް އޭނާ ގޮވައިލެއްވިއެވެ.

އޭނާ ވިދާޅުވިއެވެ. "އެންމެ ފުރަތަމަ އެމެރިކާ" މި ޝިޢާރު އޭނާގެ ޚާރިޖީ ސިޔާސަތުގައި ކުރިއަށް ގެންދަވާނަމެވެ.

މި ދިޔަ ހޮނިހިރު ދުވަހު ސައުތު ކެރޮލައިނާގައި އިންތިޚާބީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. "ބޮޑު ޤައުމެއްގެ ރައީސަކު ވިދާޅުވިއެވެ. ޢިއްޒަތްތެރި ރައީސެވެ. އަޅުގަނޑުމެން ފައިސާ ނުދައްކައިފިނަމަ އަދި ރަޝިޔާއިން އަޅުގަނޑުމެންނަށް ޙަމަލާދީފިނަމަ މަނިކުފާނުމެން އަޅުގަނޑުމެން ޙިމާޔަތްކޮށް ދެއްވާނުތޯއެވެ؟ އަހުރެން ޖަވާބުގައި ދެންނެވީމެވެ. މަނިކުފާނު ޗަންދާ ނުދައްކަވައި ފަސްކުރައްވައިފާ ވަނީތޯއެވެ؟ އޭނާ ވިދާޅުވިއެވެ. އެހެން ކަމަށް ބައްލަވާށެވެ! އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑު ތިޔަބޭފުޅުން ޙިމާޔަތެއް ނުކުރާނަމެވެ. އެމީހުން ބޭނުންވާ ކަންތަކަށް ހިތްވަރު ވެސް ދޭނަމެވެ. ތިޔަބޭފުޅުންގެ މާލީ ޒިންމާ އަދާކުރައްވަންވާނެއެވެ."

ޓްރަމްޕްގެ ވާހަކަފުޅަށް ރައްދު ދެއްވައި ރައީސް ބައިޑެން ވިދާޅުވިއެވެ. "ނޭޓޯއިން ޖަމާޢީގޮތެއްގައި އެއްބަޔަކު އަނެއްބަޔަކު ޙިމާޔަތް ކުރުމަށް ޢަހްދު ކަށަވަރުވުމަކީ އެމެރިކާ އަމާންކަން މަތީ ދަމަހައްޓާނެ ކަމެކެވެ. މިކަމާމެދު ޝައްކު ކުރާ މީހަކީ ކޮންމެ މީހަކަށް ވިޔަސް މުޖްތަމަޢަށް ނުރައްކާތެރި މީހެކެވެ."

ބައިޑެން އޭނާގެ އެކްސްގައި ލިޔުއްވައިފައި ވެއެވެ. "ނޭޓޯގެ މެންބަރަކަށް ދެވޭ ކޮންމެ ޙަމަލާއަކީ ހުރިހާ މެންބަރުންނަށް ދެވޭ ޙަމަލާއެއް ކަމަށް ކަށަވެތިވުމަކީ އެމެރިކާގެ ޢާއިލާތަކަށް ލިބޭ އަމާންކަމެކެވެ. މި ކަށަވެތިކަމުގެ ހަރުދަނާކަމާމެދު ޝައްކުކުރާ މީހަކީ މުޖްތަމަޢަށް ހުރި ބިރެކެވެ."

ވައިޓްހައުސްގެ ތަރްޖަމާނު އެންޑްރޫ ބެޓްސް ޓްރަމްޕާ ދެކޮޅަށް ފާޑުވިދާޅުވަމުން ވިދާޅުވިއެވެ. "މިފަދަ ބަޔާންތަކަކީ ނޭޓޯގެ އެކުވެރި ޤައުމުތަކާ ދެކޮޅަށް ހަނގުރާމަކުރުމަށް ހިތްވަރުދޭ ކަމެކެވެ. މިއީ ވަރަށް ބިރުވެރި ކަމެކެވެ. މިއީ ހަމަހޭ ގެއްލިފައިވާ ކަމުގެ ޢަލާމާތެކެވެ. މިއީ އެމެރިކާގެ ޤައުމީ ސަލާމަތާއި ދުނިޔޭގެ ހަމަޖެހުމާއި އެތެރޭގެ އިޤްތިޞާދު ބުރޫއަރުވާނެ ކަމެކެވެ."

ނޭޓޯގެ އަމީން ޢާންމު ޔެންސް ސްޓޮލްޓަންބަރގް ވިދާޅުވިއެވެ. "ނޭޓޯގެ ޤައުމުތައް އެއްބަޔަކު އަނެއް ބަޔަކު ދިފާޢު ނުކުރާނެކަމަށް ބުނުމަކީ އަހުރެމެންގެ މުޅި އަމާންކަން ނައްތައިލާއިފާނެ ކަމެކެވެ. އެމެރިކާ ސިފައިންނާއި ޔޫރަޕްގެ ސިފައިން ދަނީ އަބަދު ވެސް ނުރައްކަލަށް ހާސަވަމުންނެވެ. ނޭޓޯއަށް ދެވޭ ކޮންމެ ޙަމަލާއަކަށް ވަރުގަދަ ރައްދެއް ދެވޭނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *