އެބުނާ ޑިމޮކްރަސީއާ ހަމަބުއްދި އާއި ތޮޅެއޭ
ދެބުޅަލުގެ ކޭކުފެޅުމާ މިއުސޫލަކާއި ގުޅެއޭ
އާދަމްބަނީގެ ޚުލްޤާ ބަސްމަގު މުއާމަލާތާ
ވާކަންތަފާތު އަސްލާ މިއުސޫލަކާއި އެނގެއޭ
ދީނުގެ ހިޔާވަހީގައި ތިބެގެން ބިނާއެ ރޫޅައި
ދީނޭ މިލަވަ ކިޔާތީ ހައިރާން ސިކުނޑި ވެދެއޭ
ދިވެހީންގެ ރީތި ވެށްޓާ ބައްޓަންވެ ގުޅުނު ކަށްޓާ
މިވެރިން މިފެށްޓި ފެށްޓުން އެއްފޮށްޓަކަށް ނުލެވެއޭ
ހައްގެއް ފިސާރި ބޮލުގައި ތިބެގެން އަމިއްލަ އެޅިގެއް
ހައްދުންވެބޭރު ދިއުމުން ހައްގެއް އަދާނުވެވެއޭ
ކަންކަމުގެ މަޝްވަރާ އަށް އަމުރަށް އެއޮތް ތަބާވާން
ދަންނާށެ! ތިޔަ ޢަމަލުތައް އެއުސޫލަކަށް ނުފެތެއޭ
ހަޑި ހުތުރު ރީތި ނޭނގޭ ކުރެވޭ ތިބާގެ ޢަމަލުން
ކެނޑިގެން އަމިއްލަ ހުރުމަތް ދާއިރަކުވެސް ނުއެނގެއޭ
ލިބިދިން ކޮބައިތަ ރަނގަޅެއް! ނުލިބޭ ކޮބައިތަ ދެރައެއް!
މިބިމާ ފަސާދަ އުންމަތް ވުން ނޫން ކަމެއް ނުފެނެއޭ