އެކެއް ޝަޢުބާން އައީ ނުފިލާ ހަނދާންތަކޭ އަލުން ފަވަމުން
އެކަންކަން އަގުކުރަންދަސްކޮށް ހިނގާ މާޒީ ނަކަލް ކުރަމުން
އެހީ މުސްތަޤުބަލަށް ހޯދާ ބަހީ ލިޔަމާ އަދުގެ ޑައިރީ
ޝަހީދީ ލޭން ތެމުނު އަގުހުރި އިހުގެ ފަތްފުށްތަކަށް ބަލަމުން
އެ ޤުރުބާނީގެ ޒިކުރާގައި ދެގުނަ ހުޝިޔާރުވާން އަންގާ
ނެގުނު ތަސްވީރުތައް އިއްޔެގެ ނިދިން ހޭލަން ދަނީ ބުނަމުން
ނިކަން ފައިތިލަދަށުން އެ އިވޭ ޝިކާޔަތުތައް އަހާލަބަލާ
ހެކިން ތާރީޚު ނިއުޅައިދޭ އެތައް ވިންދެއް ދަނީ ޖަހަމުން
އަމާނާތަށް ސަމާލުވަމާ ޒަމާނަށް ހޭ ބަހައްޓައިގެން
އަމާންކަން ފުރޮޅަމުން އެބަ ދޭ ޚިޔާނާތުގެ ހިޔަނި އަޅަމުން
މެޔަށް ފިނިކަން ދިނަސް މާޒީން ހެޔަށް ވިސްނުން ނުފެތި ތިއްބާ
އެޔަށް ލޯ ނުހުޅުވުނު ޖީލެއް ދިވެހި ޤައުމަށް ދަނީ ދަރަމުން