Support Us

ޕެރިސް ޑީލަށް ޙަމާސުން ހުށައެޅި ގިނަ ހުށައެޅުންތަކާ އިސްރާއީލު ދެކޮޅުހަދައިފި

ޕެރިސް ޑީލާ ބެހޭގޮތުން ޙަމާސުން ހުށައެޅި ހުށައެޅުންތަކާ ބެހޭގޮތުން އިސްރާއީލުގެ ރައްދު އެމެރިކާއަށާއި މިޞްރަށާއި ޤަޠަރަށް ފޮނުވައިފިއެވެ. އިސްރާއީލުގެ ރައްދު އައިސްފައިވަނީ ނައްސިކޮށް ކަމަށް އިސްރާއީލުގެ ވައްލާ ޖާލު ޞަފްޙާ ބުނެއެވެ.

އިސްރާއީލުގެ އިސް މަސްއޫލުވެރިއަކު ވައްލާ އަށް ހާމަކުރިގޮތުގައި ޙަމާސުގެ ގިނަ އެދުންތަކަށް އިސްރާއީލުން ބުނެފައިވަނީ ނޫނެކޭއެވެ. ޕެރިހުގައި އެމެރިކާއާއި މިޞްރާއި ޤަޠަރާއި އިސްރާއީލުގެ ޖާސޫސީ އިދާރާތަކުގެ ވެރިން މަޝްވަރާކޮށް ތައްޔާރު ކުރި ޑީލަކީ އަސީރުން ބަދަލުކުރުމާއި ޣައްޒާ ހަނގުރާމަ ހުއްޓުމާ ބެހޭ ގިއުގަނޑެކެވެ. 

ތައްލު އަބީބު ބުނާގޮތުގައި އިސްރާއީލު ސިފައިން ޣައްޒާ ސަހަރުގެ ދެކުނު ސަރަހައްދަކުން ނުފައިބާނެއެވެ. އަދި ޣައްޒާ ރައްޔިތުން ޣައްޒާގެ އުތުރު ސަރަޙައްދަށް އެނބުރި ދިޔުމަށް ހުއްދައެއް ނުދޭނެއެވެ. 

އިސްރާއީލު ބުނާގޮތުގައި "ދާއިމީ ސިފައެއްގައި" ހަނގުރާމަ ހުއްޓައިފައި ބޭއްވުމަށް ގޮވައިލާ ޢިބާރާތުގައި އޮތް ދާއިމީ ސިފައާ އިސްރާއީލު ދެކޮޅުހަދައެވެ. އެހެންކަމުން އަސީރުން ބަދަލު ކޮށް ނިމުމުން ހަނގުރާމަ އަލުން ފެށިދާނެއެވެ. އޭރުން ޙަމާސް އަތުގައި ހުކުން އަޅާނެ ގަނޑެއް ނޯންނާނެއެވެ.

އިސްރާއީލު ބުނާގޮތުގައި ޙަމާސުން އެދޭ ފަދައިން ޣައްޒާގެ ޙިޞާރު ނައްތައެއް ނުލެވޭނެއެވެ. 

އިސްރާއީލު ބުނާގޮތުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނު މީހުންނާ އަސީރުންނާ އެއްވެސް ގުޅުމެއް ނެތެވެ. 

ދެ ފަރާތުގެ ދެމެދުގައި ހުރި ދެބަސްވުންތައް ބޮޑުކަމުން މިޞްރުން ހުށައަޅަނީ އިސްރާއީލުގެ ވަފްދެއް ޤާހިރާއަށް ފޮނުވުމަށެވެ. މި ކަމާ ވެސް އިސްރާއީލުން ދެކޮޅުހަދައެވެ. 

ޙަމާސުން ޕެރިސް ކަރުދާހަށް އިޞްލާޙުތައް ގެނެސް މިޞްރާއި ޤަޠަރާ ޙަވާލު ކުރީ މި ދިޔަ އަންގާރަ ދުވަހުއެވެ. ޤަޠަރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލު ޘާނީ ހާމަކުރެއްވި ގޮތުގައި އެއީ އީޖާބީ ފައްސި ހުށައެޅުންތަކެކެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *