ހިތުން ހިއްސާ ނަގާ ލޮލުގާ ވަނީ ލޯބީގެ ޠޫފާނޭ
ދެތުންފަތުގާ އެވާ އިންކާރަކީ ނާނދާނެ އަލިފާނޭ
ވިލާގައި ފެންވެޔޭ މެކިފައި ވެހުން ލާޒިމުވެޔޭ ވާރޭ
ފިލާއޮވެވޭނެހޭ ހިތުގައި އެއީ އޮބިނޯންނަ ހައިޖާނޭ
އައީހޭ ޖަދަލު ޢިޝްޤު ކުރާން ނުފޫޒެއް އޭގެ ހައިބަތުގާ
އެއީ ހަތިޔާރު އަތުގައި ނެތި ކުރާ ހަނގުރާމަ މައިދާނޭ
އަނދާ ފަރުބަދަތެރޭ އަލިފާން ފަޅައިގެން މޫސުމަށް ދާނޭ
އަނދާ ލޭކަރުނަތައް ލާވާ ފަދައިން ބޭރަށް ނުކުންނާނޭ
ހިތުން ޖަޒުބާތު އުފެދޭ، ސިއްރު ހިއްވަރަކުން ނިވައިވޭހޭ
ނިތުން އެވިދާ މުތީތަކަކީ އުދާހުގެ ރީތި އިއުލާނޭ
ހަނދާއޭ ހަނދުގެ ހަނދުވަރަކީ ވުޖޫދުގެ ޒީނަތޭ ލިބިދޭ
އަދާތަކުގާ ވިދާލުމަކީ މަގާމުގެ އޮންނަ އިހުސާނޭ