އަތުން ޞަފުޙާ އުކަން ފެށުމުން އަސަރު ހިތުގައިވެޔޭ އާލާ
އިތުރު ޝައުޤާއެކީ އުފަލާ ހަނދާންތައް އައުދެޔޭ އުފުލާ
ދުރުން މާ ދުރު ހަނދާންތަކަކުން ލިބޭ ރާޙަތުގެ ފޮނި މީރުން
ހުރުން ހަނުގައި ކުރޭ މަޖުބޫރު ޚިޔާލާ ފިކުރުތައް ހިރިލާ
ހިމޭންވެލެވޭ ވެވޭ މަސްތާ ލިބޭ ޖާދޫގެ ހަމަޖެހުމުން
ނިމޭންދާ ވިންދު ވެސް ބައިވެރިވެޔޭ ކަރުކެހިލުމުން ކަނުލާ
އިޖާބަތަކަށް ސިކުނޑި ހުސްކޮށްލަމުން ދުށް ހުވަފެނީ ކުލަތައް
އަޖާއިބުވެވި ރިވޭންޑުވެޔޭ ހުރީމާ ހިތުތެރޭ ހަރުލާ
ދިމާވި ހުރަސްތަކުން ރެކެމުން ހިތެއް ހިތަކަށް ލެނބުނު ލެނބުމީ
ޙިމާޔަތަކަށް ދެވުނު މަތިވެރި ދަރަޖަ ނޫންތޯ؟ މިނެއް ނުބަލާ
ބަދަލުކުރެވުނު ހިތުގެ ގޮވުމާ އެއިން އުފެދުނު ބަދަހި ގުޅުމާ
އަދަށް ދާންދެން ދަނީ ޗޭނެއް ފަދައިން ގެތެމުން އިތުރު ބޮޅުލާ