Support Us

ހޯދަމުން މިދަނީ އެ މަންޒިލް ބާވައެވެ؟

އަހަރެންގެ ދިރިއުޅުން ހޯދަމުން މިދަނީ އެ މަންޒިލް ބާވައެވެ؟

މިހާރު މިހިރަ ހިސާބުގައި ހިތްހަމަޖައްސައިލުމަށް މަޑުކޮށްލާން ހިތް އަހަރެން ކައިރީ މި ބުނަނީ ކީއްވެ ބާވައެވެ؟!

 

ކޮންމެއަކަސް އާ ޖަޒުބާތު ތަކެއް ހިތުގައި އުފެދިއްޖެއެވެ.

މި ކުރާ (ތަފާތު) އަސަރުތަކުގެ ސަބަބަކީ، ކޮބައި ކަމެއް ނޭނގުނެވެ.

އަނެއްކާވެސް އަލުން އުންމީދު ތަކެއް ލިބިއްޖެެއެވެ.

 

އެއީ ކޮންމެވެސް މީހަކު އަހަރެން ބަލައިގަތުމުންނެވެ.

ޅެންވެރިއެއްގެ ޣަޒަލެއް އިވުމުން ކުޑަ ހިނދުކޮޅަކަށް ރޫހަށް ހަމަޖެހުމެއް ލިބޭ ފަދައިން ލިބުނު އުފަލެކެވެ.

 

އޭނާ އެ އައީ ފިނި މޫސުމެެއްގައި (ހީފިލުވުމަށް) އައި މެންދުރެެއް ފަދައިންނެވެ.

ދިރިއުޅޭނެ ވަޒަނެއް ނެތް ފަކީރަކަށް ލިބުނު ވަޒަނެއް ފަދައިންނެވެ.

(ފެތެމުންދާ މީހަކަށް) ކޯރެއްގެ ކިނާރާ ލިބޭ ފަދައިން އޭނާ އާ އަހަރެން ވަކި ހިސާބަކުން ބައްދަލުވީ އެވެ.

 

ތަރިއެއް ރޭގަނޑު ހުޅުދާންކޮށްލާހެން އަހަރެންގެ ދަންވަރު އަލިކޮށްދީފި އެވެ.

ލިބުނު ތަފާތު އަސަރަކުން ވޭންތައް ހަނދާންނެތިއްޖެއެވެ.

ދިރިއުޅެންވީ ގޮތް އަލުން އަހަންނަށް ދަސްކޮށްދީފިއެވެ.

 

އެއީ ހަނަފަސް ބިމަކަށް ވެހުނު ވާރެެެއެކެވެ.

ހިތުގެ ފާރުތަކުގައި އެޅުނު ބޭހެކެވެ.

ނުވަތަ އަލަށް އައި މޫސުމެއްގެ ފަތިހެކެވެ.

ދިރިއުޅޭނެ ވަޒަނެއް ނެތް ފަކީރަކަށް ވަޒަނެއް ލިބޭ ފަދައިން މަފަކީރަށް ލޯބިވެރިޔަކު ލިބިއްޖެއެވެ.

(ތަރުޖަމާ ޅެމެއް)

Koi mujhko yun mila hai
Jaise banjaare ko ghar

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *