Support Us

ޕޫޓިނާ ވާދަކުރައްވާ ކެންޑިޑޭޓުގެ ފޯމު ބަލައިގަތުމާމެދު ޝައްކު

ރަޝިޔާގައި ރިޔާސީ އިންތިޚާބުގައި ރައީސް ޕޫޓިނާ ވާދަކުރައްވާ ކެންޑިޑޭޓް ބޮރިސް ނެޑިގްޑީންގެ ފޯމު ބަލައިނުގަތުމަށް ކެންޑިޑޭޓުންގެ ފޯމުތައް ބަލައި ފާސްކުރާ ކުޑަ ކޮމެޓީން ލަފާދީފިއެވެ. އެއީ އޭނާގެ ފައިލްގައި ހުރި ކުށްތައް ހިސާބަށްވުރެ ގިނަކަމުންނެވެ.

ނެޑިގްޑީން (ފޮޓޯގައި) އަކީ ޔުކްރޭން ހަނގުރާމައާ ދެކޮޅު ހައްދަވާ ސިޔާސީ ބޭފުޅެކެވެ. މި ހަނގުރާމައާ ދެކޮޅު ހަދާ މީހުންގެ ތާއީދު އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ. 

ނެޑިގްޑީންގެ ޓީމު މިއަދު ބުނިގޮތުގައި ބަލައި ފާސްކުރާ ކުޑަ ކޮމެޓީ ބުނާގޮތުގައި ނެޑިގްޑީނަށް ތާއީދު ކުރާ މީހުންގެ ސޮއިތަކުގައި 15% ކުށް އެބަ ހުއްޓެވެ. މިއީ މާފުކުރެވޭ ވަރަށްވުރެ  ބޮޑު ކުށެކެވެ. 

ރަޝިޔާގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ކެންޑިޑޭޓަށް މަދުވެގެން އެއްލައްކަ މީހުން ތާއީދު ކުރަންޖެހޭނެއެވެ. ރަޝިޔާގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަންނަ މާރިޗު މަހުގެ 15 އާއި 17 އާ ދެމެދުގައެވެ. 

ނެޑިގްޑީންގެ ނަންފުޅުގައި ވާހަކަ ދައްކާ މީހަކު ފްރާންސް ޕްރެސްއަށް ބުނިގޮތުގައި ނެޑިގްޑީން ހުށައެޅުއްވި 105 ހާސް ސޮއިގެ ތެރެއިން 60 ހާސް ސޮއި ވަނީ ބަލައި ނިންމައިފައެވެ. 

ނެޑިގްޑީންގެ ޓީމު ބުނާގޮތުގައި މި ދިޔަ ބުދަ ދުވަހު ޖަމާކުރި މި ސޮއިތައް ދިފާޢުކުރުމަށް ޓަކައި މަސްއަލަ ހިފައިގެން އެމީހުން ސުޕްރީމު ކޯޓަށް ދާނެއެވެ.

އިންތިޚާބާ ބެހޭ ކުޑަ ކޮމެޓީ ބުނާގޮތުގައި ކެންޑިޑޭޓް ހުށައެޅުއްވި ފޯމުގައި ކުށް އެބަ ހުއްޓެވެ. އޭނާ ހުށައެޅުއްވި ބައެއް ސޮއިތަކަކަކީ މި ބިމުގައި އުޅޭ ބައެއްނޫނެވެ. 

ޢުމުރުފުޅުން 60 އަހަރުގެ ނެޑިގްޑީނަކީ ރައީސް ޕޫޓިނާ ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓެވެ.  

ހުޅަނގުން ބުނާގޮތުގައި ރައީސް ޕޫޓިން މި އިންތިޚާބު ކާމިޔާބު ކުރައްވާނެކަމާމެދު އެއްވެސް ޝައްކެތްނެތެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *