Support Us

އެހިތް ބައްދަލުވެގެން މިހިތާ

ރާގު: މިލީހޭ އާޕުޖަބުސޭ…

އެލޯ މިލޮލާ ގުޅުނު ދޯދިން ވުޖޫދުގެ ނޫރު އަލިވިއްޔޭ
ދެލޯ ކުލުނުގެ ފޮޓޯތައް ނެގި ހަޔާތުގެ ރޫހު ދިރުވިއްޔޭ

އުހާ ތިރިއަށް އަސަރު މޭގާ ހިނގާ ޒާރެއްގެ ހިޔަނީގާ
ހުހާއޮތް ހިތުގެ ނާރެހުގާ މަލެއް ވަސްމީރު ފޮޅުނިއްޔޭ

ފޮޔާއެކު ފޮއިމަތީ ދިޔަވަރު އެގޮތްމިގޮތަށް އެނބުރި ސެނބުރޭ
އޮޔާއި ވަޔާ ދެމޫސުމުގައި ހިނގާ މިސްރާބު ގުޅުނިއްޔޭ

ކުޅުނު ކުޅިވަރު މިދޭހުގެ މާނައެއް ނެތް ހުވަފެނެއްގެ ދެކޭ
ގުޅުނުހެން ފުން ހަގީގަތަކަށް އަދާތައް ބަދަލު ކޮށްލިއްޔޭ

ވެހުނު ކަރުނައިގެ ވާރޭގައި ތެމުނު ހަސްތީގެ މަހުފަލުތައް
އޮހުނު ޝަބުނަމުގެ ތިކިތަކަކުން އުފާވެރި ސޫރަގެނުވިއްޔޭ

އިވުނު ކަސިޔާރުވީ ސިކުނޑީގެ ލަވަތައް ރާގަކާ ނުގުޅޭ
ޖެހުނު ހަރުބީގެ ފުނަ ދަނޑިވަޅުތަކަށް ފައިހަމަވެ ފެތުނިއްޔޭ

ބޮވުނު މަސްތީ ޝަރާބުގެ ޚަލަލުގައި ލޯމެރުނު ދުނިޔެއަކުން
މިލުނު ޝަރުބަތުގެ ފޮނި ދުލުގާ ލޮލުގެ އާދުނިޔެ ހުޅުވިއްޔޭ

އެހިތް ބައްދަލުވެގެން މިހިތާ ލެވުނު ކޮއްޔެއްގެ ރަނިކަމުގާ
މިހިތް ރަސްކަމުގެ ސަރިދޭލޭސްމަތީ އިއްޒަތުގެ ވެޑުވިއްޔޭ

 

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *