Support Us

24 ގަޑިއިރު ނުވަނީސް ޢިރާޤުގެ އިސްލާމީ ބާރުތަކުން އެމެރިކާގެ ދެ ބޭހަކަށް ރައްދު ޙަމަލާދީފި

 

އެމެރިކާއިން ސޫރިޔާއާއި ޢިރާޤުގައި ހުންނަ އިސްލާމީ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ލަނޑުދަނޑިތަކަކަށް ޙަމަލާދިންތާ 24 ގަޑިއިރު ނުވަނިސް ޢިރާޤުގެ އިސްލާމީ މިލީޝިޔާ ބާރުތަކުން ޢިރާޤައި ސޫރިޔާގައި އޮންނަ އެމެރިކާގެ ދެ ބޭހަކަށް މި ރޭ ޙަމަލާދީފިއެވެ.

 އެ ޖަމާޢަތުން ނެރުނު ބަޔާން ބުނާގޮތުގައި މިއީ ޞިހްޔޫނީ ކިޔާނުން ޣައްޒާގެ ރައްޔިތުންނަށް ދެމުންދާ ޙަމަލާތަކަށާއި އެމެރިކާއިން މިއަދު ދިން ޙަމަލާތަކަށް ދިން ރައްދެކެވެ. 

މި ބަޔާން ބުނިގޮތުގައި ޢިރާޤުގެ އިސްލާމީ ޖަމާޢަތުގެ ހަނގުރާމަވެރިން ޙަމަލާދިނީ ޑްރޯނުން ސޫރިޔާގެ ވަރަށް އެތެރޭގައި އޮންނަ އެމެރިކާގެ ޚަރާބުލްޖީރު ބޭހަށެވެ. މީގެ އިތުރަށް އުތުރު ޢިރާޤުގައި އޮންނަ އެމެރިކާގެ ޙަރީރު ބޭހަށް ވެސް ޙަމަލާދެވުނެވެ. 

އެމެރިކާއިން މިއަދު ހެނދުނު ވަނީ ސޫރިޔާއާއި ޢިރާޤުގައި ހުންނަ އިސްލާމީ ޖަމާޢަތްތަކުގެ ހަތް އަމާޒަކަށް ޙަމަލާދީފައެވެ. އެމެރިކާއިން 85 ތަނަކަށް ޙަމަލާދިނެވެ. މި ޙަމަލާ ދީފައިވަނީ ބީ-52ގެ މަތިންދާބޯޓު ބޭނުންކޮށްގެންނެވެ. އެމެރިކާއިން ޙަމަލާދީފައި ވަނީ ސޫރިޔާގެ އިރުމަތީ ސަރަޙައްދެއް ކަމުގައިވާ ބޫ ކަމާލް ސަރަޙައްދާއި ރީފު ސަރަޙައްދާއި ޢިރާޤުގެ ޤާއިމު ސަރަޙައްދަށާއި ޢައްކާޝާ ސަރަޙައްދަށެވެ.

އެމެރިކާގެ ޙަމަލާތަކުގެ ސަބަބުން ވަރަށް ޢާންމުންގެ އެތައް ބަޔަކު މަރުވިއެވެ. އަދި އެތައް ބަޔަކު ޒަޚަމުވިއެވެ. މީގެއިތުރަށް ޢާންމުންގެ އެތައް ތަނަކަށް ގެއްލުން ލިބުނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *