Support Us

ޔުކްރޭންގެ ސިފައިންގެ ވެރިޔާ މަޤާމުން ވަކިކުރަނީ؟

ޚަބަރާބެހޭ ދެ މަޞްދަރަކުން ބުނާގޮތުގައި ޔުކްރޭންގެ ސިފައިންގެ ވެރިޔާ މަޤާމުން ވަކިކުރުމާ ބެހޭގޮތުން ކިޔީވުން ވައިޓްހައުސާ މަޝްވަރާކުރަމުން އެބަދެއެވެ. ސިފައިންގެ ވެރިޔާ ޖެނެރަލް ޒަލޮޖިނީ އަކީ ޔުކްރޭން ހަނގުރާމައިގެ މޭސްތިރިޔާއެވެ. ހަނގުރާމައިގެ ހުރިހާ ކަންތައްތަކެއް ރާއްވަވާ ބަލަހައްޓަވަނީ އޭނާ އެވެ.

މި ދިޔަ އަހަރު ޔުކްރޭނުން ފެށި ރަޝިޔާއާ އިދިކޮޅު ޙަމަލާގައި ކާމިޔާބު ލިބިފައިނުވާތީ ރައީސް ޒިލެންސްކީއާއި ޖެނެރަލް ޒަލޮޖިނީއާ ދެމެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ދެ ބޭފުޅުން ޚިޔާލު ތަފާތުވެފައި ވަނީ ސިފައިންގެ ޚިދްމަތަށް 500 ހާސް އިތުރަށް ވެއްދުމުގެ މަސްއަލައިގައެވެ.

މީގެ ތެރެއިން އެއް މަޞްދަރު ބުނާގޮތުގައި ޖެނެރަލް ޒަލޮޖިނީ ވަކިކުރާނީ ކޮން ދުވަހަކުން ކަމެއް އަދި ކަށަވަރެއް ނުވެއެވެ. މިކަމާ ބެހޭ ގޮތުން ކިޔީވުން ވައިޓްހައުސާ މަޝްވަރާކުރުމުން ވައިޓްހައުސުން ބުނެފައިވަނީ އެއީ ކިޔީވްގެ މަސްއަލައެއް ކަމަށެވެ. އެކަމުގައި ވައިޓްހައުސުން އާއެކޭ ވެސް ނޫނެކޭ ވެސް ނުބުނާނެއެވެ. އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އެއީ އެބޭފުޅުން އެކަމާ ދެކޮޅުހައްދަވާ ކަމެއްނޫނެވެ.

މި ދިޔަ ބުރާސްފަތި ދުވަހު ޒަލޮޖިނީ ސީއެންއެންގައި ލިޔުއްވި މަޒްމޫނެއް ބުނާގޮތުގައި ބޭރުގެ އެހީ ކުޑަވުމުގެ ސަބަބުން ކިޔީވަށް މިހާރު ވަނީ ޢަސްކަރީ އިސްތިރާޖީއަށް ބަދަލުތަކެއް ގެންނަން މަޖްބޫރުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭނަށް އެހީވެދޭ އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދު ވަނީ މި ކަމުގައި ޚިޔާލު ތަފާތުވެފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *