ދުލުން ޝަކުވާ ނުކުރިޔަސް ހިތު ޝިކާޔާތުތައް ނެތީއެއް ނޫން
މުލުން ލުހެ ބުރިވެފައިވާ ނާރުތައް ހިތުގައި މަދެއް ވެސް ނޫން
މިހެން ހިނިތުންވެފައި ހިނިމޫނު ދައްކައިގެން އުޅުނު ނަމަވެސް
ފުހެން ބޭނުން ހަނދާނާ ލަކުނުތައް ހިތުގައި ނެތީއެއް ނޫން
އުޅެން ބޭނުން އުފާވެރި ދިރިއުޅުން ލޯ ކުރިމަތީން ފެނުނަސް
ގުޅުން ބޮޅުތަކުގެ ޗޭނާ ހިލިހިލާއިން ނެއްޓެނީއެއް ނޫން
މި ހިންދުގެ ފުންކަނޑަށް ވުރެ ފުން ހިތާމައިގައި މިއަދު މިހުރީ
މިހެން ހުންނަން ހިތަށް ކުޅަދާނަ ވާތީ، ހުންނަނީއެއް ނޫން
ނެތޭ ބާރެއް ނެތޭ ކުރިއަަށް ދެވޭން، ބުނެ އެނބުރިދާކަށް ވެސް
އޮތީ ރުހި ބާބުތައް ފުރުމޭ، ނުލިޔެ ޞަފްޙާ ކިޔޭނެހެ؟ ނޫން
ނެތަސް ތަގުދީރުގައި ފެނިފައި އުފާވެރިކަމުގެ ހިނދުކޮޅުތައް
އެތައް ތަދުބީރުތައް ލޯތްބެއް ލިބޭތޯ ނުކުރަނީއެއް ނޫން