Support Us

މުޤާވަމާގެ ކުއްތާތަކާ ކުރިމަތިލުމުގައި އިސްރާއީލުގެ ކުއްތާތައް ފޭލްވެއްޖެ

އިސްރާއީލު ސިފައިން ތަމްރީންކޮށްފައިވާ ޢޫކީތުސް ޔުނިޓްގެ ކުއްތާތައް ޣައްޒާގައި މުޤާވަމާއިން ބޭނުންކުރާ ބިޔަ ކުއްތާތަކާ ކުރިމަތިލުމުގައި ފޭލްވެ ނާކާމިޔާބުވެފައިވާ ކަމަށް އިސްރާއީލު ބަދީޢުތު އަޙްރަނޫތު ދުވަހު ނޫސް ބުނެފިއެވެ. 

މި ނޫހުން ބުދަ ދުވަހު ޝާއިޢުކުރި ރިޕޯޓެއް ބުނާގޮތުގައި މިކަމާ ހެދި އިސްރާއީލުގެ ދިފާޢީ ވުޒާރާއިން މިހާރު ވަނީ ތަމްރީނުކޮށްފައިވާ ޕޮލިސް ކުއްތާތައް ގަތުމުގެ މަސައްކަތް ފަށައިފައެވެ. އިސްރާއީލު ސިފައިންގެ ޢޫކީތުސް ޔުނިޓްގައި މަސައްކަތްކުރާ ކުއްތާތައް ފޭލްވެފައިވަނީ ޙަމާސް ފަދަ ޖަމާޢަތްތަކުން ގެންގުޅޭ ބިޔަ ކުއްތާތަކެއްގެ ސަބަބުންނެވެ.

މި ނޫސް ބުނާގޮތުގައި އިސްރާއީލުގެ ދިފާޢީ ވުޒާރާގެ ކަމާބެހޭ ޑިރެކްޓަރު މިހާރު ވަނީ ހޮލެންޑުންނާއި ޖަރްމަނުން މެލީނޯ ދަރިކޮޅުގެ ކުއްތާ ހޯދުމަށް މަސައްކަތް ފަށައިފައެވެ. އިސްރާއީލުން ކުއްތާ ބޭނުންކުރަނީ ގޮވާ ތަކެތި ހޯދުމަށާއި ސިފައިން ސަލާމަތް ކުރުމަށާއި ދުޝްމަނުންނަށް ޙަމަލާދިނުމަށެވެ. މި ނޫސް ބުނާގޮތުގައި ޔޫރަޕުން ކުއްތާތައް ގަތުމަށް ޓަކައި ކުއްތާއާ ބެހޭ ޑަކްޓަރަކާއި ކުއްތާއަށް ތަމްރީނުދޭ މުދައްރިބަކު ހިމެނޭ ކުޑަ ޓީމެއް ޔޫރަޕަށް ފޮނުވާނެއެވެ. 

ބަދީޢޫތު އަހްރަނޫތު ދުވަހު ނޫސް ބުނާގޮތުގައި ޢޫކީތުސް ޔުނިޓްގެ ކުއްތާތަކަކީ އިސްރާއީލު ސިފައިންނަށް ޣައްޒާގެ ތެރެއިން ގޮވާ ތަކެތި ހުންނަ ތަންތަނާއި ފަލަސްޠީނުގެ ހަނގުރާމަވެރިން ފިލައި ތިބޭ ތަންތަން ހޯދައިދޭ ހަތިޔާރެކެވެ.  

ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި އުތުރު ޣައްޒާގެ ޝައިޚު ޒާއިދު އަވަށާއި ދުރްޖު އަވަށާއި ތުއްފާޙު އަވަށުގައި ގޭގެ ދޮރޯށިތައް ކުރިމަތީގައި ދިގު ހިލިހިލާގަނޑަކުން ބަނދެފައި ބާއްވައިފައި އޮންނަ ބިޔަ ކުއްތާތަކެއް އިސްރާއީލު ސިފައިންނަށް ވަނީ ފެނިފައެވެ. އިސްރާއީލު ސިފައިން ޣައްޒާގައި އަތްފުނާއަޅަން ފޮނުވާ އިސްރާއީލުގެ ކުއްތާތަކަށް އޭއްޗެހީގެ މަސައްކަތް ވަނީ ކުރެވޭނެ މަގު ބަންދުވެފައެވެ. ސިފައިން ކުއްތާތައް ފޮނުވަނީ ގޮވާ ތަކެއްޗާޢި ބިންމައިންތައް ނަގައި ހޯދާށެވެ. 

އިސްރާއީލުގެ ނޫސްބުނާގޮތުގައި އިސްރާއީޚު ޢޫކީތުސް ޔުނިޓްގެ ކުއްތާތަކަކީ ބުޅަލާއި ކުއްތާދެކެ ބިރުގަންނާނެ އެއްޗެއްސެއް ނޫނެވެ. މި ނޫސް ބުނާގޮތުގައި ޙަމާސުން  ގޭދޮރުމަތީގައި މި ބިޔަ ކުއްތާތައް ދިގު ހިލިހިލާގަނޑަކުން ބަނދެފައި ބާއްވަނީ ގަސްތުގައި އިސްރާއީލު ކުއްތާތަކާ ދިމާކުރުމަށެވެ. މި ކަމުގެ ބޭނުމަކީ އިސްރާއީލުގެ ކުއްތާތަކަށް އޮޅުވައިލާ އޭއްޗެއްސަށް މަސައްކަތްކުރުމަށް ދަތިކުރުމެވެ. މި ނޫސް ބުނާގޮތުގައި ޚާން ޔޫނުސްގެ އަވަށްތަކުގައި އިސްރާއީލުގެ ކުއްތޔާތަކަށް ހުރަސްއެޅި ތިން ޙާދިސާއެއް ހިނގައިފައި ވެއެވެ. މި ނޫސް ބުނާގޮތުގައި ކުއްތާތައް މެދުވެރިކޮށް ޣައްޒާއިން ވަނީ ގޮވާ ތަކެތި ހުރި 1،260 ތަނެއް ހޯދައިފައެވެ. މި ކުއްތާތަކުގެ ސަބަބުން ޙަމާސްގެ އެތައް ހަނގުރާމަވެރިންނެއް ވަނީ ހައްޔަރު ކުރެވިފައެވެ. 

ޢޫކީތުސްގެ މާނައަކީ ދަތްއަޅާ ނުވަތަ ވީދައިކާ އެވެ. ޢޫކީތުސް ޔުނިޓް ޤާއިމުކުރެވުނީ 1974 ގައެވެ. ފުރަތަމަ ފެށުނީ އެންމެ 11 ކުއްތާގެ ގެމައަކުންނެވެ. މިހާރު މި ޔުނިޓްގައި އެތައް ސަތޭކަ ކުއްތާއެއް ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *