Support Us

އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ބަދުނާމުވެދާނެތީ ޔުކްރޭނަކަށް ނުދޭނެ


އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ބަދުނާމުވެދާނެތީ ޔުކްރޭނަކަށް ނުދޭނެ

ޔުކްރޭނުގައި ހަނގުރާމަކުރަމުންދާ ރޫސީ ސިފައިން އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވައްޓައިލައި ބަދުނާމުކޮށްފާނެތީ ވޮޝިންގްޓަނުން އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ކިޔީވަށް ނުދޭނެ ކަމަށް އެމެރިކާގެ މިލިޓަރީ ވޮޗް މަޖައްލާއިން ބުނެފިއެވެ.

މި މަޖައްލާ ބުނާގޮތުގައި އެމެރިކާގެ A-10 Thunderbolt II މަރުކާގެ ބޯޓުތައް ވަނީ ޢިރާޤު ހަނގުރާމަ ފަދަ ހަނގުރާމަތަކުގައި ބޭނުންކޮށްފައެވެ. އެ ބޯޓުތަކުގެ މޮޅުކަން ފާހަގަކުރެވިފައެއް ނުވެއެވެ. އެހެންކަމުން މި ބާވަތުގެ ބޯޓުތައް ހަނގުރާމައިގައި ބައިވެރިކުރަން އެމެރިކާއިން ބޭނުމެއް ނުވެއެވެ.

މި މަޖައްލާ ބުންޏެވެ. "އެމެރިކާއިން މަސައްކަތް ކުރަނީ އެ ޤައުމުގެ ހަތިޔާރުތަކުގެ ރީތިނަން ރައްކައުތެރިކުރާށެވެ. ހަނގުރާމަތަކުގައި މި ހަތިޔާރު ކުޅެމުންދާ ދައުރަށް ބަލައިގެންނެވެ. ޖަރްމަނުގެ ލެޕަރޑް-2 މަރުކާގެ ޓޭންކާއި އިނގިރޭސިވިލާތުގެ ޗެލެންޖަރ-2 މަރުކާގެ ޓޭންކްތަކަށް ޔުކްރޭނުގައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އެމެރިކާއިން އަބްރާމް އެމް-1 މަރުކާގެ ޓޭންކް ކިޔީވަށް ދިނީ އެންމެ އިސް ސަފުގައި އޭއްޗެހި ބޭނުންނުކުރުމަށް ޝަރްޠުކޮށްފައެވެ. އެމެރިކާއިން އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ޔުކްރޭނަށް ދިނުން ލަސްކުރީ މިހެންވެގެންނެވެ."

ޔުކްރޭންގެ އެއްގަމު ސިފައިންގެ ކޮމާންޑަރު ޖެނެރަލް އެލެކްސަންޑަރު ސެރަސްކީ ވިދާޅުވާގޮތުގައި އެމެރިކާގެ އޭ-10 މަރުކާގެ މަތިންދާބޯޓު ޔުކްރޭނަށް ވަރަށް ބޭނުމެވެ. މި ބާވަތުގެ ބޯޓަށް "އެއްގަމު އޫރު"ގެ ނަން ދެވިފައިވެއެވެ.

A-10 Thunderbolt، މަރުކާގެ މަތިންދާ ބޯޓަކީ ޙަމަލާދިނުމަށް ބޭނުންކުރެވޭ ހަނގުރާމަމަތީ އުޅަނދެކެވެ. މި ބޯޓުގެ އަސާސީ ވަޒީފާއަކީ އާޓިލަރީ ހަތިޔާރުތައް ހަލާކުކުރުމާއި ބިންމަތީގެ ލަނޑުދަނޑިތަކަށް ޙަމަލާދިނުމެވެ. އެހެނަސް މި ބާވަތުގެ ބޯޓު އުފެއްދުން ވަނީ 1984ގައި ހުއްޓައިލައިފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *