ވަދާޢުގެ ވަގުތުގައި ހިތިރަހަ ލުމުން ކަރުބުޑު، އެލީ ނުރަހުން
ތަދާ ވޭނުން ނަގާ ދިލައިން ހިތަށް ކެތްނުވެ ދަނީ އެ ފަހުން
އަސަރު ހިތުގައި ވިޔަސް ފޮރުވައި ނިވާކޮށް އުޅުމުގައި މިއުޅޭ
ތަސައްވަރުކުރި ތައްސައްލީއެއް ނުލިބި ހިތުގައި ވަނީ އެ ރިހުން
ހުހެއްނުވި ބޭރުކޮށް ހެދިޔަސް ހަނދާންތައް ހިތުތެރޭ ވީހައި
ފުހެން ކުރިޔަސް އެތައް ހިތްވަރު، ވުޖޫދޭ ކަޅިވަނީ އެ ވަހުން
އަދާހަމަކުރި އެ ޖަޒްބާތެއް ނުވީމާ ބައު ތެރޭ ހިތުގައި
އަދާތައް އައިސް ވަށައިލީމާ ހަށީގައި އުފެދެނީ އެ ސިހުން
ގިޔާމަތަކަށް ވުމުން އެ ޙަޔާތަކީ ނިމިދިޔަ އެހާ ވޭނީ
ޚިޔާލާ ފިކުރުގައި ކެކެނީ އެވީ ހޫނާއި ދިލަ އެ ފިހުން
ކުރިން ބުނި އެތި ފަހުން ކެންސަލްކުރަން ބޭނުން ވިޔަސް ހޯހޯ!
ކުރިން ވީ އުލްފަތުގެ ޗެޕްޓަރ މި ލައްޕައިލީ ނުދީ އެ ރުހުން