Support Us

އެމް.ޑީ.ޕީގެ ޖަލްސާއެއްގައި ރައީސް ނަޝީދު އަރިހުގައި ރީކޯ މޫސަ (ކ)

އަމިއްލަ ޕާޓީގެ ވަޒީރެެއްގެ އަތުން ބަލިވީމަ ބުރަދަން އިހްސާސްކުރެވޭނެ ކަމަށް ބުނެ ރީކޯގެ ރައްދެއް ނަޝީދަށް

އަމިއްލަ ޕާޓީގެ ވަޒީރެއްގެ އަތުން ބަލިވީމައި ރައީސް މުހައްމަދު ނަޝީދަށް ޕާޓީ ތެރޭގައި އޮތް ބުރަދަނެއް އިހްސާސްކުރެވޭނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބް ރައީސް ރީކޯ މުސާމަނިކު ފާޑުވިދާޅުވެއްޖެއެވެ.

މޫސަ ވަނީ ކާޅު ހާލި ހެދީމާ ކޮވެލި ބިސްއަޅައިގެން ހާލީގައި އޮވެވޭނީ ކިތައް ދުވަހުތޯ ސުވާލުކުރައްވައި، އެމްޑީޕީ އުފެއްދުމަށްް ފުރަތަމަ ސޮއިކުރެއްވި ބޭފުޅުން ހިމޭނޭ ލިސްޓެއްވެސް ޓްވީޓްކުރައްވައިފައެވެ.

ރީކޯ މޫސަ އިތުރަށް ވިދާޅުވެފައި ވަނީ އެމްޑީޕީގެ އިސް ބޭފުޅެއްގެ ގޮތުގައި ނަޝީދު ހުންނަވައިގެން ބަގާވާތެއް ހިންގަމުން ގެންދަވާ ކަމަށެވެ. "ބަގާވާތަކީ ވަކި މީހަކު ކުރުމުން ވަކި މީހަކު ބާޣީއަކަށް ވާން އޮތް ކަމެއް ނޫން. ކޮންމެ މީހަކު ބަޣާވާތް ކުރަން އުޅުނު ކަމުގައި ވިޔަސް އެމީހަކު ވާނީ ބާޣީއަކަަށް،" މޫސަ ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ފަރާތްތަކާ ދެމެދު މައްސަލަ އުފެދިގެން މިއުޅެނީ ސަރުކާރުގެ ތެރޭގައި ނުފޫޒް ގަދަ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށްޓަކައި ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރަމުން ގެންދަވާތީ އެވެ.

އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލާގައި ފައްޔާޒަށް ތާއީދުކުރާ ފަރާތްތަކުން އެކި ފޯރަމްތަކުގައި އޭނާގެ ދިފާއުގައި ހޫނު ރައްދުތަކެއް ދެމުންދަނިކޮށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގައި ރައީސް ނަޝީދު ވަނީ ފައްޔާޒާ މެދު ބޮޑެތި ތުހުމަތުތަކެއް ވެސް ކުރައްވައިފައެވެ. އެގޮތުން ބޮޑުކަން ދައްކައި ނުފޫޒް ފޯރުވައިގެން ހުރިހައި ތަނަކަށް އަތްބާނައި ނުފޫޒް ފޯރުވައިގެން އެކިއެކި ފަރާތްތަކަށް ކޮންޓްރެކްޓްތައް ދެމުންދާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ތުހުމަތުކުރައްވައިފައެވެ.

މިނިސްޓަރ ފައްޔާޒުގެ ނޯކޮންފިޑެންސް ވޯޓް ނެގުމަށް މަސައްކަތް ކުރާ މިދަނޑިވަޅުގައި އެމްޑީޕީގެ ތެރެއިންވެސް ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން ވަނީ ރައީސް ނަޝީދަށް އަމާޒުވެފައެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *