Support Us

ޔުކްރޭނަށް ރަޝިޔާއިން އެޅި ބޮންތަކަށްވުރެ އިސްރާއީލުން ޣައްޒާއަށް އޮއްސި ބޮންތައް މާ ގިނަ

ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް އޮއްސައިފައިވާ ބޮންތައް ރަޝިޔާއިން މި ދިޔަ ދެ އަހަރުގެ ތެރޭގައި ޔުކްރޭނަށް އެޅި ބޮންތަކަށްވުރެ މާގިނަކަމަށް އިސްރާއީލުގެ ދުވަހުނޫހަކާ ޙަވާލާދީ ޔޫރޯމެޑިޓެރޭނިއަން މޮނިޓަރު ބުނެފިއެވެ.

ޔޫރޯމެޑިޓެރޭނިއަން މޮނިޓަރުގެ ޑިރެކްޓަރު ރާމީ ޢަބްދު އޭނާގެ އެކްސް ޞަފްޙާގައި ވިދާޅުވެފައިވާ ގޮތުގައި ދެވަނަ ބޮޑުހަނގުރާމައިގައި ހިޓްލަރުގެ އަމުރަށް ޖަރްމަން ސިފައިން އެޅި ބޮންތަކަށްވުރެ އިސްރާއީލުން ޣައްޒާއަށް އެޅި ބިންތައް މާ ގިނައެވެ.

ޔޫރޯމެޑިޓެރޭނިއަން މޮނިޓަރަކީ މިނިވަން މުސްތަޤިއްލު  ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔަގައި މަސައްކަތް ކުރާ 70% މީހުންނަކީ އިންސާނީ ޙައްޤުތަކުގެ ޝިކާރައިގައި ކަތިލެވިފައިވާ މީހުންނެވެ. މި ޖަމްޢިއްޔާއަކީ ޔޫރަޕާއި މެދުއިރުމައްޗާއި އުތުރު އެފްރިކާގައި ހިނގާ އިންސާނީ ޙައްޤުތަކާ ޚިލާފު މަސައްކަތްތައް ބަލައި މަރްކަޒެކެވެ. ޚާއްޞަގޮތެއްގައި މި ޖަމްޢިއްޔާއިން ބަލަމުންދަނީ އަންހެނުންނާއި ކުޑަކުދީންގެ މަސްއަލަތަކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *