Support Us

އިސްރާއީލު ސިފައިންގެ ދެ ފައުޖެއް ބޭލިޔަސް ޣައްޒާގައި ޤަތުލުޢާންމުތައް ކުރިއަށް

އިސްރާއީލު ސިފައިންގެ ދެ ފައުޖެއް ޣައްޒާގެ ޚާން ޔޫނުސް ސަރަޙައްދުން ބާލައިފިއެވެ. އެހެނަސް އިސްރާއީލު ސިފައިން މި ސަހަރު ވަށައިލަން މަސައްކަތްކުރަމުންދާތީ ފަލަސްޠީނުގެ މުޤާވަމާ ބާރުތަކުން ދަނީ އިސްރާއީލު ސިފައިންނާ ކުރިމަތިލައި ހަނގުރާމަކުރަމުންނެވެ.  

އިސްލާމީ ޖިހާދު ޖަމާޢަތުގެ ޢަސްކަރީ ފިޔަ ސަރާޔާ އަލްޤުދްސު ބުނާގޮތުގައި ޚާން ޔޫނުސްގައި އިސްރާއީލު ސިފައިން ކުރިއަށް ދާން މަސައްކަތްކުރާ ނާރެސްތަކުގައި އެ ޖަމާޢަތުގެ ހަނގުރާމަވެރިން ދަނީ ކުރިމަތިލައި ހަނގުރާމަކުރަމުންނެވެ. މި ޖަމާޢަތް ބުނާގޮތުގައި މިއަދު ހެނދުނުން ފެށިގެން އިސްރާއީލުން ދަނީ އުތުރު ޣައްޒާގެ ބައިތު ލާހިޔާ ސަރަޙައްދަށް ބޮޑުބަޑިން ޙަމަލާދެމުންނެވެ. 

އަނެއްކޮޅުން ޙަމާސް ބުނާގޮތުގައި ޤައްސާމު ފައުޖުގެ ހަނގުރާމަވެރިން މިއަދު ދިން ޙަމަލާތަކުގައި އިސްރާއީލުގެ ހަތަރު ޓޭންކް ހަލާކުކޮށްލެވުނެވެ. މި ހަތަރު ޓޭންކަށް ޙަމަލާދެވުނީ އަލްޔާސީން 105 އާރްޕީޖީގެ ދެ ބޮމުންނެވެ.  

ޖަޒީރާ ރިޕޯޓަރު ބުނާގޮތުގައި ޣައްޒާ ސަހަރުގެ ދެކުނުގައި ވަރަށް ބާރުގަދަ އެއްޗެއް ގޮވި އަޑު އިވުނެވެ. 

މި ސިޔާޤުގައި އިސްރާއީލު ރޭޑިއޯ ބުނާގޮތުގައި ޣައްޒާއިން މިއަދު އިސްރާއީލުފެ ހަތަރު ވަނަ ފައުޖާއި 55 ވަނަ ފައުޖު ފައިބައިފިއެވެ. އެއީ މި ދެ ފައުޖުން އަދާކުރަމުންދިޔަ މަސައްކަތް ނިމުނީމައެވެ. މި ރޭޑިއޯ ބުނާގޮތުގައި ހަތަރު ވަނަ ފައުޖަކީ ރިޒަރވް ބާރުގައި ހިމެނޭ ފައުޖެކެވެ.

އިސްރާއީލު ބުނާގޮތުގައި އިސްރާއީލު ސިފައިންގެ ކޮމާންޑޯޒް ފައުޖަކާއި  ވައިކުޑައިގެ ފައުޖެއް ޚާން ޔޫނުސްގައި ހަނގުރާމަ ކުރަމުން އެބަދެއެވެ. 

އިސްރާއީލު ސިފައިން ބުނާގޮތުގައި އިސްރާއީލު ސިފައިންގެ ޔުނިޓަކުން ވަނީ އާރްޕީޖީ ރޮކެޓް ބޭނުންކޮށްގެން ފަލަސްޠީނުގެ "ހަތިޔާރުއެޅި ހަތައެއް" ނައްތައލައިފައެވެ. މި ޔުނިޓުން ޣައްޒާގެ ބިންގަރާސް މަގެއް ވެސް ވަނީ ތަޅައިލައިފައެވެ. 

ގޭގެއަށް ޙަމަލާދިނުން

ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި އިސްރާއީލުގެ މަތިންދާބޯޓުތަކުން ޣައްޒާގެ ގެތަކަށް މިއަދު ބޮންއެޅުމުގެ ސަބަބުން އެތައް ބަޔަކު ޝަހީދުވިއެވެ. ޣައްޒާގެ ސަލްމާ ޢާއިލާގެ ގެއަށް ބޮންއެޅުމުގެ ސަބަބުން އެ ޢައިލާއިން އަށް މީހަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމުވިއެވެ. ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާ ބުނާގޮތުގައި އިސްރާއީލުން މިއަދު "އަމަލު ހަސްފަތާލު"ގެ ވަށައިގެންވާ ސަރަޙައްދަށް ބޮންއެޅިއެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމުވިއެވެ. އިސްރާއީލުން މި ދުވަސްކޮޅު ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޚާން ޔޫނުސަށެވެ. ޚާއްޞަކޮށް އެ ސަރަޙައްދުގެ ހަސްފަތާލުތަކަށާއި ބޯހިޔާވަހިތަކަށެވެ. ޝަހީދުވަމުންދާ މީހުން ގިނަކަމުން އެމީހުން ވަޅުލަންޖެހުނީ  މައިދާންތަކުގައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ޢަދަދު ވަނީ 26،422 އަށް އިތުރުވެފައެވެ. އަދި ޒަޚަމުވި މީހުންގެ ޢަދަދު ވަނީ 65،087 އިތުރުވެފައެވެ. 

އަނެއްކޮޅުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވާގޮތުގައި ޣައްޒާގެ ނާޞިރު ހަސްފަތާލުން ކާބޯތަކެއްޗާއި އަނދަނައާއި ބޭސް ވަނީ ހުސްވެފައެވެ. މި ހަސްފަތާލުގައި 350 ބަލިމީހުން އެބަ ތިއްބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *