Support Us

އެކަނިވެރިކަން

ހޭށެވެ! އޭރުން މުޅި ދުނިޔެވެސް އިނބައާ އެކު ހޭނެއެވެ.

ރޯށެވެ! ނަމަވެސް، އިނބަ ރޯން ޖެހޭނީ އެކަންޏެވެ.

އެހެނީ، މުސްކުޅި ދުނިޔެ، އޭގެ އުފާވެރިކަން އެހެން މީހުންގެ ކިބައިން ހޯދަން ޖެހެއެވެ.

ނަމަވެސް، އެ ދުނިޔެއަށް ވާވަރަށް ދަތި އުނދާގުތައް އެއަށް ޖެހިފައި އޮވެއެވެ.

ލަވަކިޔާށެވެ! ކުދި ފަރުބަދަތައް ވެސް ޖަވާބުގައި އެއްޗެއް ބުނާނެއެވެ.

ހިތާމައިގެ ފުން ނޭވާއެއްލާބަލާށެވެ! ވައިގެ ތެރެއަށް އަރައި އެ ނެވާ ގެއްލިގެންދާނެއެވެ.

އުފާވެރި އަޑެއް އިވުމުން، އޭގެ ރައްދު އަޑު އެނބުރި އާދެއެވެ.

ނަމަވެސް، އަޅާލުމުގެ އަޑެއް ލެއްވުމުން އެ ވެސް މޯޅިވެ، ހުލިވެ ދެއެވެ.

 

އުފާކުރަމުންދާށެވެ! އޭރުން މީސްތަކުން އިނބަ ހޯދަން އުޅޭނެއެވެ.

ހިތާމަކުރާށެވެ! އެ ހިނދު އަނބުރާލާފައި އިނބަދޫކޮށް މީސްތަކުން ދާނެއެވެ.

އިނބަގެ އުފަލުގެ ހުރި ވަރެއް މީސްތަކުން ބޭނުންވެއެވެ.

ނަމަވެސް، އިނބަގެ ހިތާމައިގެ ކުޑަ މިންވަރެއް ވެސް އެ މީހުން ބޭނުމެއް ނުވެއެވެ.

އުފާވެރިކަންމަތީ ހުންނާށެވެ! އޭރުން އިނބަގެ ރަހުމަތެރިން ގިނަކަން ފެންނާނެއެވެ.

ނަމަވެސް ދެރަވެ ހިތާމަކުރާށެވެ! އިނބައަށްަ އެ ހުރިހާ އެންމެން ވެސް ގެއްލޭނެއެވެ.

އިނބަ ދިއްކޮށްލާ މީރު ބުއިންތައް އިންކާރު ކުރާނޭ އެކަކުވެސް ނުވެއެވެ.

ނަމަވެސް ހަޔާތުގެ ހިތި ހަބަރު ބޯން ޖެހޭނީ އިނބަ އެކަންޏެވެ.

 

ހަފްލާތައް ބާއްވައި ކައި މަޖާ ނަގާށެވެ! އޭޜުން އިނބަގެ ހޯލުތައް އޮންނާނީ ފުރިފައެވެ.

ކާނެ އެއްޗެއް ނެތި ބަނޑަށް ހުރެބަލާށެވެ! އިނބައާ އަޅާނުލައި ދުނިޔެ ދައުރުވަމުންދާނެއެވެ.

ކާމިޔާބު ހޯދައި ހަދިޔާ ދޭށެވެ! އެކަން އިނބަ ދިރިހުރުމަށް އެހީވެދޭނެއެވެ.

ނަމަވެސް, އިނބަ މަރުވާން އެހީވާނެ އެކަކުވެސް ނުހުންނާނެއެވެ.

އުފަލާއި މަޖާކުރުމުގެ ހޯލުތަކުގައި ޖާގަ އޮވެއެވެ.

ބޮޑު މަތިވެރި މީހުންގެ ރޭލަކަށެވެ.

ނަމަވެސް، އެކަކު އަނެކަކުގެ ފަހަތުގައި ސަފުހަދައިން އަހަރުމެން ތިބެން ޖެހެއެވެ.

ވޭނުގެ ހަނި ގޯޅިތަކުގައި ދަތުރުކޮށް ދިޔުމަށްޓަކައެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *