ހިދާޔަތު އެންމެ ފުރިހަމަޔަށް ލިބޭނަމަ ހާދަހައި ރަނގަޅޭ
ވިދާ ބަބުޅާ އެ ނޫރުން ހިތް ފުރޭނަމަ ހާދަހައި ރަނގަޅޭ
ދުރަށް ނުބަޔާ ދެވޭނެ ވަރަށް އެފަދަ ކުށް ފާފަޔާ ޢަމަަލާާ
ހުރަސް އީމާން އަޅާނެ ވަރަށް ވިނަމަ ގަދަ ހާދަހައި ރަނގަޅޭ
އަބަދު ދެމި ނުހުރެވޭ މި ޙަޔާތް ކުރަަން އާބާދު ނޫޅެ މިތާ
ތަބަޢަ ނުވެ ދުނިޔެވީ އެދުމާ ވިނަމަ ދުރު ހާދަހައި ރަނގަޅޭ
ޖަމާކުރުމަށް މުދާ އުޅުމަށް ވުރެން ބަރުޒަޚުގެ ޢާމުގައި
އަމާންވާނޭ މަގެއް ހޯދައި ހިފުނުނަަމަ ހާދަހައި ރަނގަޅޭ
މައިންބަފައިން އަޚުން އުޚުތުން އަވައްޓެރިކަމުގެ ޙައްޤު އަޅަށް
ނައިސްނުމެދާ މަރުގެކުރިޔަށް އެނގުނުނަމަ ހާދަަހައި ރަނގަޅޭ
ލިބޭނަަމަ ވެސް ދަރުމަ ދިހަގުނަ ތިލާވަތުގައިވި އަކުރު ތަކަށް
ލިބޭ މަންފާ ފަހުމުގައިވީ އެނގުނުނަމަ ހާދަހައި ރަނގަޅޭ