Support Us

ޣައްޒާ ހަނގުރާމައިގައި އެމެރިކާ ސަރުކާރު ބައިވެރިވާކަމުގެ ތުހްމަތު ބަލަނީ

ޣައްޒާގެ ހަނގުރާމައިގައި ރައީސް ބައިޑެނާއި ޚާރިޖީވަޒީރު ބްލިކެންކެނާއި ދިފާޢީ ވަޒީރު އޮސްޓަން ބައިވެރިވެވަޑައިގަންނަވާ ކަމަށް ތުހްމަތުކޮށް އެމެރިކާގެ "ދުސްތޫރީ ޙައްޤުތަކާބެހޭ މަރްކަޒު"ން އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގެ ފެޑަރަލް ކޯޓަށް ހުށައެޅި ދަޢުވާ މިއަދު އެ ކޯޓުން ބެލުމަށް ތައްޔާރުވާން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ މިޑްލް އީސްޓް އައި އޮންލައިން ޞަފްޙާ ބުނާގޮތުގައި ފަލަސްޠީނު މީހުންނާ ދެކޮޅަށް އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުހޭދުގެ ޖަރީމާތައް ހުއްޓުވުމަށް އެބޭފުޅުން އެއްވެސް ކަމެއް ނުކުރައްވާ ތާނގައި އެބޭފުޅުން ދަނީ އެކަމަށް ވާގިވެރިވެ ވަޑައިގަންނަވަމުންނެވެ.

މި ކޯޓުން ނިންމައިފައިވަނީ ދަޢުވާ ކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޤާނޫނީވަކީލުންގެ އަޑު މިއަދު އެހުމަށެވެ. މި ކޯޓުން މި ޝަރީއަތުގެ ޖަލްސާ ވަގުތުން ޓީވީން ދުރަށް ދައްކާނެއެވެ. މިއަދުގެ ޖަލްސާގައި ޤާޟީ މި މަސްއަލަ ބެލޭނެތޯ ނުވަތަ ނޫންތޯ ނިންމަވާނެއެވެ.

މި މަސްއަލައިގައި ދަޢުވާކުރާ ބައެއް ފަރާތްތައް ބުނާގޮތުގައި މިއީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމުތައް ހުއްޓުވުމަށް ކުރެވޭ އެންމެ ފަހު މަސައްކަތެވެ.

ދުސްތޫރީ ޙައްޤުތަކާބެހޭ މަރްކަޒު ބުނާގޮތުގައި އިސްރާއީލަށް ޢަސްކަރީ ހުރިހާ އެހީއެއް ދީ ބައިނަލްއަޤްވާމީ މަންސަތަކުގައި އިސްރާއީލު ޙިމާޔަތްކޮށްދޭ އެންމެ ބޮޑު ޤައުމުކަމުގައި އެމެރިކާ ވާތީ ތައްލުއަބީބުން ހިންގަމުންދާ ޤަތުލުޢާންމުތަކާއި ނަސްކުހޭދުގެ ޖަރީމާތައް ހުއްޓުވުމުގެ ވަސީލަތްތައް އެމެރިކާއަށް ލިބިގެންވެއެވެ.

މި މަރްކަޒުން ބުންޏެވެ. "އިސްރާއީލު ސަރުކާރުން ޣައްޒާގައި ނަސްލުހޭދުގެ ޖަރީމާތަކަށް އަރައިގަންނަމުންދަނީ އެމެރިކާއިން ލިބެމުންދާ ޙައްދެއްނެތް އެހީއާއި ވާގިވެރިކަމާލައިގެންނެވެ. އޮކްޓޫބަރު ހަތެއްގެ ފަހުން އިސްރާއީލުން ވަނީ ޣައްޒާގައި 26,083 ފަލަސްޠީނު މީހުން ޤަތުލުކޮށްފައެވެ. އޭގެތެރޭގައި 11,000 ކުޑަކުދިން ވެއެވެ. އަދި 64,487 މީހުން ވަނީ ޒަޚަމުވެފައެވެ."

ރައީސް ބައިޑެންގެ ސަރުކާރުން ވަނީ މި ދަޢުވާ ޤަބޫލުނުކުރުމަށް ކޯޓަށް ގޮވައިލައިފައެވެ. ވައިޓްހައުސް ބުނާގޮތުގައި މި ކޯޓަށް މި މަސްއަލަ ބެލުމުގެ ބާރު ލިބިގެން ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *