Support Us

އިސްރާއީލާ ދެކޮޅަށް 600 ވަކީލުން ކޯޓަށް ދަލީލު ހުށައަޅައިފި

އިސްރާއީލާ ދެކޮޅަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށައެޅިފައިވާ ނަސްލުހޭދުގެ ޖަރީމާތަކާބެހޭ ދަޢުވާއަށް ތާއީދުކޮށް ދުނިޔޭގެ ޤާނޫނީ ވަކީލުންގެ 600 ބޭފުޅުންގެ ޓީމަކުން މިއަދު ދަލީލުތަކާއި ހެކިތައް ހުށައަޅުއްވައިފިއެވެ. 

މި ބޭފުޅުން މި ކަން ކުރެއްވީ އެ ކޯޓުގެ ޕީޖީ އޮފީހަށާއި  ޝިކާރަވެރިންނާ ބެހޭ އިދާރާއަށް ވަކިވަކިންނެވެ.  

 މި ޓީމުގެ އިސް ބޭފުޅަކީ ފަރަންސޭސިވިލާތުގެ ޤާނޫނީ ވަކީލެއް ކަމުގައިވާ ޖިލް ޑެވިޔަރ އެވެ. އޭނާ މި ދަޢުވާ ކޯޓަށް ހުށައެޅުއްވީ މި ހުސްވި ނޮވެންބަރުގައެވެ. މި ދަޢުވާގައި 56 ޞަފްޙާ ހިމެނެއެވެ. މި ދަޢުވާގައި ވަކީލުން އެދިވަޑައިގެންފައި ވަނީ މި ދިޔަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމުތަކާއި ނަސްލުހޭދުގެ ޖަރީމާތައް ތަޙްޤީޤުކޮށް އެކަންތައް ހުއްޓުވުމަށް ޓަކައި ފިޔަވަޅު އެޅުމަށެވެ. 

ދެކުނު އެފްރިކާއިން ބައިނަލްއަޤްވާމީ އިންސާފު ކޯޓަށް ހުށައަޅައިފައިވާ ދަޢުވައާ ބެހޭގޮތުން މާދަމާ މި ކޯޓުން ޤަރާރެއް ނެރޭނެއެވެ. ޖުމްލަ 17 ފަނޑިޔާރުންގެ މި ކޯޓުން ހަނގުރާމަ ހުއްޓުމަށް އިސްރާއީލަށް އަމުރުކުރާ ޤަރާރެއް ނެރޭނެކަމަށް ލަފާކުރެވެއެވެ. މި މަސްއަލައާމެދު ކޯޓުން ނިޔާ އިއްވުމަށް އެތައް އަހަރެއް ހޭދަވެދާނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *