Support Us

އެމެރިކާގެ ޢަސްކަރީންނަށް މަދަދު ހިފައިގެން ދިޔަ ދެ ބޯޓެއް، ޙޫސީންގެ ޙަމަލާތަކެއްގެ ސަބަބުން އަނބުރައިލައިފި

އެމެރިކާގެ ޢަސްކަރިއްޔާއަށް މަދަދާއި ކާބޯތަކެތި ހިފައިގެންދިޔަ ދެ ބޯޓެއް، ރަތްކަނޑުގެ ބާބުލްމަންދަބު ކަނޑުއޮޅިތެރޭގައި ބާރުގަދަ ގޮވުންތަކެއް ގޮވުމުގެ ސަބަބުން، މިސްރާބު ބަދަލުކުރަން ޖެހިއްޖެއެވެ. ޑެންމާކުގެ މާސްކު ކުންފުނިން ކަށަވަރުކޮށްދޭ ގޮތުގައި މި ދެ ބޯޓު ދަތުރުކުރަމުން ދިޔައީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ޙިމާޔަތާއެކުގައެވެ.

އެ ކުންފުނިން ބުނާގޮތުގައި މި ދެ ބޯޓަށް އެ ގޮވުންތައް ފެނިފައިވެއެވެ. މި ދެ ބޯޓާއެކު ދަތުރުކުރި އެމެރިކާގެ ކަނޑުގެ ބާރުތަކުން ވެސް ރައްދު ޙަމަލާތަކެއް ދިނެވެ.

މި ދެ ބޯޓަކީ އެމެރިކާގެ ދިފާޢީ ވުޒާރާއާއި ޚާރިޖިއްޔާއާއި ޔޫއެސްއެއިޑް ފަދަ އެމެރިކާ ސަރުކާރުގެ މުދާ އުފުލާދޭ ދެ އާގުބޯޓެކެވެ. އެމެރިކާގެ މާސްކް ލައިން ލިމިޓެޑް ކުންފުނިން ބުނާގޮތުގައި އެމެރިކާގެ ކަނޑުގެ ސަލާމަތީ ލިސްޓުގައި މި ދެ ބޯޓު ވަނީ ރަޖިސްޓަރީކޮށްފައެވެ.

މާސްކް ބުނާގޮތުގައި މި ދެ ބޯޓަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. އަދި ދެ ބޯޓުގެ އެއްވެސް ފަޅުވެރިއަކަށް ވެސް ގެއްލުމެއް ނުލިބެއެވެ. ޢަދަން ގަލްފަށް މި ދެ ބޯޓު އަނބުރާ ދިޔައީ އެމެރިކާ ސިފައިންގެ ޙިމާޔަތުގެ ދަށުގައެވެ.

ޙޫސީންގެ ޢަސްކަރީ ތަރްޖަމާން ޔަޙްޔާ ސަރީޢު ވިދާޅުވިގޮތުގައި ކަނޑުގައި މި ހިނގި ކުރިމަތިލުމުގައި އެމެރިކާގެ ކަނޑުގެ ޢަސްކަރީ އުޅަނދަކަށް ގެއްލުން ލިބުނެވެ. އަދި ވިޔަފާރި ދެ އާގުބޯޓަށް މިސްރާބު ބަދަލުކޮށް އަނބުރާލައިފާ ދާންޖެހުނެވެ.

އެހެނަސް އެމެރިކާގެ މަސްއޫލުވެރިއަކު ނަން ހަމަނުކުރުން ޝަރްޠުކޮށް ވިދާޅުވިގޮތުގައި އެއްވެސް އުޅަނދަކަށް ގެއްލުމެއް ނުލިބެއެވެ. "ޙޫސީންގެ ރޮކެޓްތައް އެއްވެސް އުޅަނދަކާ ހަމައަށް އައިސްފައެއް ނުވެއެވެ."

އެމެރިކާގެ މެދުތެރޭ ކޮމާންޑުން ބުނިގޮތުގައި ޙޫސީން ބުދަދުވަހު ދިން ޙަމަލާގައި ތިން ރޮކެޓް ފޮނުވައިލައިފައި ވެއެވެ. މި ތިން ރޮކެޓްގެ އަމާޒަކީ މާސްކް ޑިޓްރޮއެޓް އާގުބޯޓެވެ. މި ކޮމާންޑުން ބުނާގޮތުގައި އެއްވެސް އުޅަނދަކަށް ގެއްލުން ލިބުނުކަމެއް ނޭނގެއެވެ.

އިސްރާއީލަށް ދަތުރުކުރާ އުޅަނދުތަކަށް ޙޫސީން ޙަމަލާދެމުންދާތީ ޙޫސީންނާއި އެމެރިކާއާ ދެމެދުގައި ޙަމަލާތައް ބަދަލުކުރެވެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

މި ކަމާވިދިގެން ޙޫސީން އިއްޔެ ވަނީ ޔަމަނުގައި ހުންނަ އދއާއި އިންސާނީ ޙައްޤުތަކާބެހޭ އިދާރާތަކުގައި މަސައްކަތްކުރާ އެމެރިކާއާއި އިނގިރޭސިވިލާތުގެ މީހުންނަށް އެއް މަސް ދުވަހުގެ ތެރޭގައި ޔަމަނުން ބޭރަށް ދިޔުމަށް އަންގައިފައެވެ.

މީގެ  އިތުރަށް ޙޫސީން ވަނީ ޔަމަނުގައި ހުންނަ ބޭރުގެ އޮފީސްތަކުން އެމެރިކާ މީހުންނަށާއި އިނގިރޭސިންނަށް ވަޒީފާ ނުދިނުމަށް ވެސް އަންގައިފައެވެ. އެމެރިކާ ބުނާގޮތުގައި ޙޫސީންނަށް އދ އާއި އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާތަކުގެ ނަމުގައި ވާހަކައެއް ނުދެއްކޭނެއެވެ.

އެމެރިކާއިން މި ދިޔަ ހަފުތާގައި ވަނީ ޙޫސީންގެ އަންޞާރުﷲ ޖަމާޢަތް ނިރުބަވެރީންގެ ލިސްޓަށް އިތުރުކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *