Support Us

ޣައްޒާގެ ކުރިމަގާމެދު ވޮޝިންގްޓަން ދެކޭގޮތާ ޙަމާސުން ދެކޮޅު

އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުންދާ ޢުދްވާނީ ޙަމަލާތައް ނިމުމުން ޣައްޒާގެ ކުރިމަގު އޮންނާނެ ގޮތާބެހޭގޮތުން އެމެރިކާގެ ވޮޝިންގްޓަން ދެކޭގޮތް ޤަބޫލުނުކުރާނެ ކަމަށް ޙަމާސުން ބުނެފިއެވެ.

ވޮޝިންގްޓަން ދެކޭގޮތް ރޭ ހާމަކުރެއްވި ވައިޓްހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ކަރބީއެވެ.

މިކަމާ ބެހޭގޮތުން ޙަމާސުން މިއަދު ނެރުނު ބަޔާނުގައި އައިސްފައިވެއެވެ. "އެމެރިކާގެ މިފަދަ ބަޔާންތަކަކީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ސާފުމަގުން އަރައިގަތުމެވެ. އެއީ ދުނިޔޭގެ ޤައުމުތަކުގެ ރައްޔިތުންގެ ޤަރާރުތަކުގެ މައްޗަށް އެމެރިކާގެ އަތްގަދަކުރުން  ދެމެހެއްޓުމަށް ޓަކައި ދެކޭގޮތްތަކެކެވެ."

ޙަމާސުން ބުންޏެވެ. "ޙަމާސަކީ ފަލަސްޠީނުގެ ރައްޔިތުންގެ ބަޔެކެވެ. އެމީހުންގެ ބިންހިފައިގެން އޮތް ބާރަށް ވާގިވެރިވެ މަދަދުކުރުމުގައި ދެމިއޮންނަ އެމެރިކާގެ ކުރިމަތީގައި ޙަމާސް ފަހަތަކަށް ނުޖެހެނެއެވެ."

ޙަމާސުން  ބާރުލައި ބުނިގޮތުގައި "އެމެރިކާއަށް ވިޔަސް އަދި އެހެން ބާރަކަށް ވިޔަސް ފަލަސްޠީނު ރައްޔިތުންގެ މައްޗަށް ބާރު ފޯރުވައި އަތްގަދަކޮށް އެ ބާރުގެ ދަށުގައި ފަލަސްޠިނު ރައްޔިތުން ބައިތިއްބުމަށް ކުރާ އެންމެހާ ޢަމަލުތައް ޙަމާސުން ކޮށްވެރިކުރެއެވެ. އަދި އެކަން ބަލައެއް ނުގަނެވޭނެއެވެ."  

ކަރބީ ރޭ ވިދާޅުވިގޮތުގައި ހަނގުރާމައަށްފަހު ކަންތައްތައް ރޭވުމުގައި ޙަމާސް ބައިވެރިއެއް ނުކުރެވޭނެއެވެ. ވައިޓްހައުސްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ކަރބީ ވިދާޅުވި ގޮތުގައި ޣައްޒާ ހަނގުރާމައަށް ފަހު ޣައްޒާގައި ޤާއިމުކުރެވޭ އެއްވެސް ބާވަތެއްގެ ވެރިކަމެއްގައި ޙަމާސް ބައިވެރިއެއް ނުކުރެވޭނެއެވެ. ޙަމާސަށާއި ޙަމާސްގެ އިސްވާރުންނަށް އެއްވެސް ދައުރެއް ދިނުމަކީ އެމެރިކާ ދެކޮޅުހަދާ ކަމެކެވެ.އޭނާ ވިދާޅުވިގޮތުގައި ޣައްޒާގެ ބޮޑުމިނަށް ބަދަލެއް ގެނައުމަކީ އެމެރިކާ އެކަމާ ދެކޮޅު ހަދާ ކަމެކެވެ.

އެމެރިކައިން މި ކަންކަމާ ބެހޭގޮތުން އިސްރައީލާއެކު މަޝްވަރާކުރި ކަމެއް ނުކުރާ ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ.  

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *