Support Us

24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ 21 ސިފައިން ޣައްޒާގައި މަރުވެއްޖެ

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލު ސިފައިންގެ 21 މީހުން ޣައްޒާގައި މަރުވެއްޖެއެވެ.

އިސްރާއީލު ސިފައިންގެ ތަރްޖަމާން ޑެނިއަލް ހެގަރީ އެކަން ކަށަވަރުކޮށްދިނަސް މިކަމާ ބެހޭގޮތުން އިތުރު ތަފްޞީލެއް ނުދެއެވެ. 

އިސްރާއީލުގެ ޓައިމްސް އޮފް އިސްރާއީލު ދުވަނު ނޫސް ބުނާގޮތުގައި އިސްރާއީލު ސިފައިންތަކެއް މަރުވީ ދެ ޢިމާރާތެއް ވެއްޓިގެންނެވެ. މި ދެ ޢިމާރާތް ވެއްޓުމުގެ ކުރިން ވަރަށް ބާރުގަދަ އެއްޗެއް އެ ހިސާބުގައި ގޮވިކަމަށް މި ނޫސް ބުންޏެވެ. މި ނޫސް ބުނާގޮތުގައި މި އެއްޗެއް ގޮވުމުގެ ކުރިން އިސްރާއީލުގެ ޓޭންކަކަށް އާރްޕީޖީ އަކުން ވަނީ ޙަމަލާދީފައެވެ މި ނޫސް ބުނާގޮތުގައި އިސްރާއީލު ސިފައިން ދަނީ މި ހާދިސާ ހިނގިގޮތް ބަލަމުންނެވެ.

އިސްރާއީލުގެ އެތެރޭގައި ފެތުރެމުންދާ ޚަބަރުތައް ބުނާގޮތުގައި ޣައްޒާގެ ޚާން ޔޫނުސް ހަނގުރާމައިގައި އިސްރާއީލު ސިފައިންގެ 23 މީހުން މަރުވިއެވެ. އަދި ބިންގަރާހެއް ގޮއްވައިލުމުގެ ސަބަބުން އިތުރު އަށް ސިފައިން މަރުވިއެވެ.

އިސްރާއީލުގެ ވައި ނެޓް ބުނާގޮތުގައި މިއީ ވަރަށް ބޮޑު ކާރިސާއެކެވެ. މި ކާރިސާގައި މަރުވި ސިފައިންގެ ޢާއިލާތަކަށް މި ޚަބަރު މިހާރު ވަނީ ދީފައެވެ. މި ނެޓް ބުނާގޮތުގައި އިސްރާއީލު ސިފައިން ޣައްޒާފަށަލަ ކައިރީގައި ހުރި ފަލަސްޠީނުގެ ދެ ބުރި ޢިމަރާތްތައް ކައިރިއަށް ދިޔައީ އެތަންތަން ގޮއްވައިލަންވެގެންނެވެ. މި ތަންތަން ޙިޞާރުކުރިތަނާ ފަލަސްޠީނުގެ ފިދާއީއަކު ކުއްލިއަކަށް އައިސް އިސްރާއީލުގެ ޓޭންކަކަށް ޙަމަލާދިނީއެވެ. މި ޙަމަލާގެ ސަބަބުން ދެ ސިފައިން މަރުވެ ދެ ސިފައިން ޒަޚަމުވިއެވެ. މި ޙަމަލާއާ ހަމަ އެއްވަގުތެއްގައި ޓޭންކާ އިދިކޮޅު ރޮކެޓްތަކަކުން މި އެކުވެނީގައި ހިމެނޭ ދެ ގެއަކަށް ޙަމަލާދިނެވެ. މި ކަމުގެ ސަބަބުން ދެ ޢިމާރާތެއް ގޮވީއެވެ.މި ދެ ތަން ގޮވީ އިސްރާއީލު ސިފައިން އެ އެކުވެނީގެ ޢިމާސރާތްތައް ގޮއްވައިލަން އަޅައިފައި ހުރި މައިންތަކާއި ގޮވާއެއްޗެހީގެ ސަބަބުންނެވެ.

ވައިނެޓް ބުނާގޮތުގައި މި ކާރިސާގައި އިސްރާއީލުގެ ރިޒަވް ބާރުގެ 8،208 ވަނަ ފައުޖުގެ 10 ސިފައިން މަރުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *