ހުވަފެނެކޭ ދޮގު! ފެނިދާ މަންޒަރު
ހުވަން އެ ނަކަތުގެ ތޫފާނެއްގައި
ސުވަރުގެޔެއް ކަމުގައި ދެކެފިއްޔާ
ނިވާ އެ ނުލިބޭނޭ ކަން ކަށަވަރު!
ހުވަފެނެކޭ ދޮގު! ފެނިދާ މަންޒަރު!
ހުވާތަކާދޮގު ކުރުމާއި މަކަރު
ހެވާއި ނުބަޔާ ވަކިނުވި ތާނގައި
ދުވާލު، ރޭގަނޑު، އޮޅުވައިފިއްޔާ
ނިވަން އެ ގިނި ދަތިވާކަން ކަށަވަރު!
ހުވަފެނެކޭ ދޮގު! ފެނިދާ މަންޒަރު!
"ރުވާ ގަހުން ފޮނި ނެރެވޭތަ ހަކުރު؟"
ސުވާލު މިކަހަލަ ކުރެވޭ ތަނުގައި
ޖުވާ ކުޅެން އަބުރުން އުޅެފިއްޔާ
ނުވާނެޔޭ މަންފާ ހަމަ ކަށަވަރު!
ހުވަފެނެކޭ ދޮގު! ފެނިދާ މަންޒަރު!