Support Us

މިޗިގަންގައި ބައިޑެނަށް ތާއީދު ވަރަށް ކުޑަ

އެމެރިކާގެ މިޗިގަން ސްޓޭޓްގައި ޢާންމު ޚިޔާލު ހޯދުމަށް ނެގުނު ވޯޓެއް ބުނާގޮތުގައި ރައީސް ބައިޑެނަށް އެ ސްޓޭޓްގެ އިންތިޚާބީ ގިނަ ދާއިރާތަކުގައި އޮތް ތާއީދު ވަރަށް ކުޑައެވެ. އެއީ ޣައްޒާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ޒުވާނުންނާއި މުސްލިމުން ބައިޑެނަށް ނޫނެކޭ ބުނާތީއެވެ. މީގެއތުރަށް އެމެރިކާގެ ކަޅުމީހުން ބޮޑަށް ތާއީދުކުރަނީ ކުރީގެ ރައީސް ޓްރަމްޕަށެވެ.

ވޯލް ސްޓްރީޓް ޖަރނަލް އިއްޔެ ބުނިގޮތުގައި މިޗިގަނުގެ އުދަރެހުން ފެންނަނީ ބައިޑެން އައު ދައުރަކަށް ހޮވިވަޑައިނުގަންނަވާނެކަމުގެ ޢަލާމާތްތަކެވެ. މި ނޫސް ބުނާގޮތުގައި އެމެރިކާގެ އިޤްތިޞާދަށް އަންނަމުންދާ ހެޔޮ ބަދަލާއި އުޖޫރަތައް މައްޗަށް ދިޔުމާއި ދަރިވައްޓައިލުމަށް މި ސްޓޭޓްކުރާ ތާއީދާއި ޕޯސްޓް މެދުވެރިކޮށް ވޯޓުލުމުގެ އިޖްރާތުތަކަކީ ބައިޑެނަށް ފައިދާކުރާނެ ކަންތައްތަކެކެވެ.

އެހެނަސް އެމެރިކާގެ މި ނޫސް ބުނާގޮތުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި އިސްރާއީލަށް ތާއިދުކޮށް ވާގިވެރިވުމުގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތާހެދި މިޗިގަންގެ ޒުވާނުންނާއި އެމެރިކާގެ މުސްލިމުން ވަނީ ރައީސް ބައިޑެނާ ދުރަށް ޖެހެންފަށައިފައެވެ. މީގެއިތުރަށް އެމެރިކާގެ ކަޅު މީހުން ބޮޑަށް ތާއީދުކުރަނީ ކުރީގެ ރައީސް ޓްރަމްޕަށެވެ.

ގްލެންގެރިފް ގުރޫޕުން މި ނެގި ވޯޓުގައި ޓްރަމްޕް ވަނީ ބައިޑެންގެ މައްޗަށް 47% އިގެ ކުރިއެއް ހޯއްދަވައިފައެވެ. މި ގުރޫޕުން މި ވޯޓުނެގީ ޑިޓްރޮއެޓް ނިއުޒާއި WDIV-TV އިސްޓޭޝަނުން އެދިގެންނެވެ. މި ވޯޓު ބުނާގޮތުގައި ޑިމޮކްރެޓުންގެ ހުރިހާ ދާއިރާތަކެއްގައި ވެސް ބައިޑެންގެ ނަތީޖާ ވަރަށް ދެރައެވެ.

މި ވޯޓުގައި ހުށައަޅައިފައިވާ ސުވާލަކީ ރައީސް ބައިޑެނަށް އައު ދައުރެއް ޙައްޤުތޯއެވެ. މި ވޯޓުގައި ބައިވެރިކޮށްފައިވަނީ 18 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނެވެ، މި ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން ބައިޑެނަށް އައު ދައުރެއް ދޭން ޖެހޭކަމަށް ބުނެފައި ވަނީ އެންމެ ތިންބައިކުޅަ އެއްބައި މީހުންނެވެ.

ސީއެންއެނުން މި ހުސްވި ޑިސެންބަރު މަހު ނެގި ވޯޓެއް ބުނާގޮތުގައި ބައިޑެނަށްވުރެ ޓްރަމްޕް އުޅުއްވަނީ 50% ކުރީގައެވެ. މި ދިޔަ އަހަރު ބޭއްވުނު މިޗިގަންގެ ގަވަރނަރުކަމުގެ އިންތިޚާބުގައި ޑިމޮކްރެޓުން ވަނީ 10 ނުކުތާއިން ޖުމްހޫރީން ބަލިކޮށްފައެވެ. ޑިމޮކްރެޓުން ވަނީ އެ ސްޓޭޓްގެ ޤާނޫނުހަދާ މަޖިލިސް ކާމިޔާބުކޮށްފައެވެ.

ޑިމޮކްރެޓިކް ޕާޓީގެ އިސްވާރުން ވިދާޅުވާގޮތުގައި ރައީސް ބައިޑެނަށް އޭނާގެ ސިޔާސީ ޞޫރަ ރަނގަޅު ކުރައްވަން އަދި ވަގުތު އެބަ އޮތެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *