Support Us

މިޞްރުގެ ރައީސް އިތިޔޯޕިޔާއަށް އިންޒާރުގެ މެސެޖެއް

ސޯމާލީ ލޭންޑްގެ މަސްއަލައިގައި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު އައްސީސީ އިތިޔޯޕިޔާއަށް އިންޒާރުގެ މެސެޖެއް ދެއްވައިފިއެވެ.

ރައީސް ސީސީ މި އިންޒާރު ދެއްވީ ޞޯމާލުގެ ރައީސް ޙަސަން ޝައިޚު މަޙްމޫދާއެކު ޤާހިރާގައި އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ. ރައީސް ސީސީ ވިދާޅުވިގޮތުގައި އިތިޔޯޕިޔާއާއި ސޯމާލީ ލޭންޑާ ދެމެދުގައި އެއްބަސްވެފައިވާ އެއްބަސްވުމަކީ އެއްވެސް މީހަކު ޤަބޫލުކުރާނެ އެއްބަސްވުމެއް ނޫނެވެ.

ސީސީ ވިދާޅުވިއެވެ. "ޞޯމާލަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް މިޞްރުން ބަލައެއް ނުގަންނާނެއެވެ. އެ ޤައުމުގެ އަމްނަށް ގެއްލުމެއް ލިބިދާނެ ކަމެއް އެއްވެސް ފަރާތަކަށް ނުކުރެވޭނެއެވެ. އެއްވެސް މީހަކު މިޞްރުގެ އަޖުމަބަލަން ނޫޅުމަށް ގޮވައިލަމެވެ. އަހުރެމެންގެ އެއްބަނޑުއެއްބަފައި ޤައުމަކާ ނުރައްކަލެއް ކުރިމަތިވާހިނދު އަހުރެމެން ބަލާކަށް ނުތިބޭނެއެވެ. ޚާއްޞަކޮށް އެ ދައުލަތުން އެހީއަށް އެދިއްޖެނަމަ އަހުރެމެން އެހީވާނަމެވެ."

އިތިޔޯޕިޔާއިން ބުނާގޮތުގައި ރަތްކަނޑަށް ވާޞިލުވެވޭނެ މަގު އިތިޔޯޕިޔާއަށް ތަނަވަސްކޮށްދޭނަމަ އެޑިސްއަބާބާއިން ސޯމާލީ ލޭންޑްގެ މިނިވަންކަން ޤަބޫލުކުރާނެއެވެ.

ޞޯމާލުން ދަނީ މި އެއްބަސްވުމާ ދެކޮޅަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޞޯމާލަކީ ޢަރަބިލީގުގެ މެންބަރެކެވެ. އިތޮޔޯޕިޔާއާއި ސޯމާލީ ލޭންޑާ ދެމެދުގައި މި އެއްބަސްވުމުގައި ސޮއިކުރެވުނީ މި މަހުގެ ކުރީކޮޅުގައެވެ. މި އެއްބަސްވުމުގެ ދަށުން އެޑިސްއަބާބާއަށް ސޯމާލިޔާގެ ރަތްކަނޑުގެ ބަރްބަރާ ބަނދަރު ބޭނުންކުރެވޭނެއެވެ. އަދި އެތާނގައި އިތިޔޯޕިޔާގެ ޢަސްކަރީ ބޭހެއް ޤާއިމުކުރެވޭނެއެވެ. އެއީ ސޯމާލީ ލޭންޑް މިނިވަން ދައުލަތެއް ކަމުގައި ބަލައިގަންނާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *