"ޅެންވެރީން" މީ ހިތްތަކަށް ގެނުވާ ތަޞައްލީ ފިނިކަމެއް
ޅެންވެރީން މީ ގުލްޝަނުންފޮޅި ފަރިވަމުންދާ މާތަކެއް
ޅެންވެރީން މީ ފަލަކުގައި ދައުރާ ކުރާހާ ތަރިތަކާ،
އެންމެނަލަ ހަނދުވެސް ނަގައިފާ އަތްތަކަށް ލައިދޭބައެއް
ޅެންވެރީން މީ އެންމެ އަގުބޮޑު ރަންމުތާއި ޖަވާހިރާ،
ބަންދުކޮށް ކީސާތަކުން ލޯތްބަށް ވެދުންކޮށްދޭ ބައެއް
ޅެންވެރީންމީ ހަށިގަނޑާއި، ފުރާނަޔާއި، ހިތާ،ފިތާ
ނަންގަވާފައި ހެޔޮހިތުން ލޯތްބަށް ހިބައިން ދެއްވާބައެއް
ޅެންވެރީންމީ ޖީލުތައް ގައުމުން ބިނާކޮށްދޭ ބައެއް
ޅެންބަހުން މުޅި ސިކުނޑިއަށް ކާނާތަކެއްދޭ ވެސްބައެއް
ޅެންވެރީންގެ ދުލާއި ގަލަމާ އަދި ޚިޔާލީ ކުރެހުމާ،
އެންމެމޮޅު، ޖާދޫގަރުންނާ ދާދި އެއްފަދަވެސް ބައެއް
ޅެންވެރީން މީ އުއްމަތަށްވެސް އަގުނުކުރެވޭނޭ ބައެއް،
ޅެންބަހުން "ކަނޑި ފާރު ޒަޚަމަށްވެސް" ޝިފާ ދޭނޭ ބައެއް