ހިތްކުރާ އެތަކެއް ސުވާލެއް! ކީއްހެބާ؟ މިވަނީ ހިތަށް
ދިއްކުރާ ހަދިޔާޔަކީ ފުރިހަމަ ޖަވާބެއްތޯ؟ އަތަށް
ދުރު އެތައް މޭލެއްގެ ދުރަކުން ވީމަ ވެސް ހިލަމެއް ހިތަށް
ކުރު ދެތިން ލަފުޒުން ރުހުން ދެވިދާނެތޯ؟ އެ އިޝާރަތަށް
ދަތި އެތައް ޖަޒުބާތު ތިލަކޮށް ނެރެލުމަށް ހިތް ތަންދިނަސް
ކަތިވެ އިޙުސާސް ބިތްޖެހޭ ނޫންތޯ؟ އެ ވަގުތާ ޙާލަތަށް
އަރުތެރޭ ރަހައެއްނުލާ އިތުބާރަކުން ދެކި ހުވަފެނެއް
ތަރުޖަމާކުރެވޭނެ ގޮތަކީ ފަހެ، ކޮބައިތޯއޭ؟ ކެތަށް
ދަތުރަކަށް ފަށަމުންނެ ފަޅަކަސް ދިޔަވަރެއް ނެތްނަމަ ލިބެން
އަތުކުރީގައި ހުރި ވަރެއް ދާނޭހެ ނޫންތޯއޭ؟ ރިތަށް
ޢިއްޒަތާ އަބުރާ ގަދަރު ބުއްދިން ނިވާ ވާނޭ ގޮތަށް
ލައްޒަތެއް މީރެއް ލިބުން ނޫންތޯ؟ މޮޅީ ހިތަށާ ފިތަށް