Support Us

މިދެން ތަންކޮޅެއް ބޮޑުވަރު

ދުލުން އެއްޗެއް ނުބުނެވޭތޯ ވަރަށް ކޮށްފީމެ، އަދު ހިތްވަރު
ދުލުން އެއްޗެއް ނުބުނެ އެކަމަކު ކެތެއްނުވިއޭ "ގޮވާ ފަތިވަރު"

ޢަދާވާތްތެރިވިޔަސް ވާންވީ ސަލާމަތް ބުއްދިނުފިލާ ވަރު
ކަލާނގެ އިރާދަފުޅުގައި ކަން ހިނގާ ނުހިނގާ އެނގޭ މިންވަރު

ހަލާކާ ގެއްލުމުގެ ތެރެއަށް ބަޔަކު ވައްދައި، ފަސާދަކުރަން،
ކަނލާގެ އިރާދައިން ކަންކަން ހިނގާގޮތް "އޮޅުވަމުންދާ ވަރު"

ވެހޭހައި ވާރެއާ، ފެން ބޮޑުވުމާ، ކަނޑުގަދަވެ، އުދަ އެރުމާ،
މިއީ ގައުމުގެ ރައީސްގެ ގޯސްކަމަށް ހެދުމީ "ކުފުރުވާ ވަރު"

ގިރާ ގިރުމާ، ވޮޑޭ ވޮޑުމާ، ހެދޭ ރާޅާ، ޖެހޭ އޮއެވަރު،
"މިތާ ސަރުކާރު ނުކުޅެދުމޭ ބުނަން ހެޔޮވެސް ނުވާނޭ ވަރު"

ކަނޑުންނާ އެއްގަމުން ﷲ ދެއްވާ ރޯދިބަރަކާތް ވެސް،
މަދުން ދެއްވުން، ރައީސް ކުށެއްކަމަށް ބުނުމީ މިދެން ބޮޑުވަރު

ދުނިޔެ ހިނގަމުންދަނީ ހަތް އުޑުމަތިން ﷲ ނިންމެވުމަށް،
ދުނިޔެ މިހިނގާ ނިޒާމަށް ނުރުހުމީވެސް ޖާހިލުން ފެންވަރު

ކުރީގައި ފާޑުކީ ފަސްއަހަރު ދުވަހުގެ ނަތީޖާއިން
މިއަދު އޮތްވެރިކަމަށް ފުރިހަމަ ދެމަސް ނުފުރޭ! އެނގޭނެ މިވަރު

އަނދާ ޙަސަދައިގެ އަލިފާނުން "އަނދައިގެން ހެޔޮ ޢަމަލު ގޮސްގެން"
ކަލާނގެ އިރާދަފުޅުގެމަތިން ހަނދާން ނެތުމުން "ވަނީ ކާފަރު"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *