އަލުން ފެށުމަކުން ބާބު އައު ހުޅުވަނީ
ކަލުން، ކަނބަލުނަށް މަރުޙަބާ ފޮނުވަނީ
ޙަޔާތުގެ އަތުން އާ ގަނޑެއް އެއްލަމުން
ޚިޔާލާ ފިކުރު މެހެފިލުން ތެދުވަނީ
ތަހާނީގެ ފޮނި ނަޒުމުތައް ހެޔޮހިތުން
ނިހާއީގެ ނަލަ ރާގުގައި އިއްވަނީ
ސަލާމުގެ އަމާން އަސަރު އިހުސާސުތައް
ބަލައިލީ ހިނދުން ލޯމަތިން ސިފަވަނީ
ބަޔާ ބާނުގައި ބަދަލުވާ ކުލަތަކުން
ނަޔާ ރީތި ނަލަ ގުލްޝަނޭ ފަރިވަނީ
އެކީ ހޭދަކޮށް ވަގުތުތައް އުފަލުގައި
އެކީގައިވުމަށް އެދި އަޒުމު އާވަނީ
ނިކަން ބާއްޖަވެރި އަހަރަކަށް ތަންދެމުން
ނިކަން ހެޔޮ ދުޢާކޮށް ގަލަން ބާއްވަނީ