ތާކު ދުރު ހުއްޓެއް ކަމަކު، އޭނަ ހަނދުމައިގައި ވެޔޭ
ލާކަމަށް ނޭވާ ވަނީނަމަ، ލޯބި އަހަރެން ވާނެޔޭ
ސިއްރު ކުރިޔަސް ލޯބިވާކަން، އެކިގޮތުން ތިޔަ ޚަބަރުވޭ
ބައްރުތައްް ކުރަމުން ހުރަސް، ތިޔަ ހިތް މަށާ ބައްދަލުވެޔޭ
ފުން ލޮލުން އެއްފަހަރު ނަމަވެސް، ނަޒަރުކޮށް ވިސްނައިލުމުން
ފުންކަނޑަށްވުރެ މި ހިތުގައިވާ، ލޯބި ފުން އެނގިދާނެޔޭ
އަޑު އަހައިލީ ނަމަ ހިތަށްވަދެ ހިތުގެ އެދުމާ، އަދި ރިހުން
މަޑުމަޑުން ތިޔަ ހިތް ވިރޭނޭ، އުއްކޮޅަށް ހިތް ވާނެޔޭ
ފިރުމަމުން ބާދޭ ޞަބާ ފިނިރޯޅިއެއް ފަދައިން ތިބާ
ފިރުމަމުން ހިތުގައި ދިއުން އެދި ހޯދަމުން މި ދެލޯ ދެޔޭ
ގަވަލި ޖަހަމުން ދާން ދުރަށް އެންގި ނަމަވެސް އަބަދު ވެސް
ހުވަފެނުން ރޭގަނޑު ނިދީގައި މިތުރު ލޯބިން އާދެޔޭ