އަހަރެއް ނިމޭއިރު ތަޖުރިބާ ކުރި ކަންކަމޭ މިދެނީ ކިޔާ
ރުހެމުން ދިމާވީ އެކިކަމާ އެކި މީހުނަށް އަދު ޝުކުރިޔާ
ނަފްރަތުގެ ލޯ އަދި ދޫ ތަކުން އެކިގޮތްގޮތަށް އައި ހަމަލައިން
ދަފަރާ ވެގެން އުޅެވޭނެ ގޮތް، އެނގުމުން ކިޔާ މީ ޝުކުރިޔާ
ރަޙުމާއެކީ ލޯބިން އެހީ ވީ އެންމެނީ މި ހަޔާތުގައި
އަހަރެންގެ ހިތު އުއްމީދުތައް ރޯކުރި ފަރާތޭ، ޝުކުރިޔާ
އަސަރުން ދިމާވާ އެކިކަމާ، އަހަރެންގެ އުނި މި ހަޔާތުގައި
ވިސްނާ ފިކުރު ކުރި މީހުނަށް، ލޯބިން ކިޔާ މީ ޝުކުރިޔާ
ކުރިޔަށް އަޅާ ފިޔަވަޅުތަކުން، ވޭނާ އުފާ ލިބުނަސް އެކީ
ދިރިއުޅުގައި ޝާމިލުވި މީހުންނަށް ކިޔާ މީ ޝުކުރިޔާ
ލިއްބައި ހަޔާތެއް ދެއްވުމުން، އުމުގުން ހިތުން ޙަމްދާއެކީ
ރައްބަށް ދެއަތް އުފުލާ ދުޢާކުރަމުން ކިޔާ މީ ޝުކުރިޔާ