Support Us

އިސްރާއީލުން ޣައްޒާއަށް އެރިފަހުން މަރުވި ސިފައިންގެ ޢަދަދު 168 އަށް 

އިސްރާއީލުން ޣައްޒާއަށް ޙަމަލާދިނުމަށް ޓަކައި އެއްގަމު މަގުން އެ ސަރަޙައްދަށް ވަނުމުގެ ސަބަބުން އިސްރާއީލުގެ ޢަސްކަރިއްޔާގެ 168 ސިފައިންނާއި އޮފިސަރުން މަރުވެފައިވާ ކަމަށް އިސްރާއީލު ސިފައިން މިއަދު ބުނެފިއެވެ. 

އިސްރާއީލު ސިފައިން ހާމަކުރިގޮތުގައި ޣައްޒާގައި މިއަދު މަރުވި އޮފިސަރަކީ ޢުމުރުން 33 އަހަރުގެ ހެރެލް ޝާރވިޓެވެ. އެއީ އިސްރާއީލުގެ ރިޒަރވް ބާރުގައި ހިމެނުނު ކެޕްޓަން ދަރަޖައިގެ އޮފިސަރެކެވެ. އޭނާ މަރުވީ އުތުރު ޣައްޒާގައި ހިނގި ކުރިމަތިލުމެއްގައެވެ. 

އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި އޮކްޓޫބަރު ހަތެއްގެ ފަހުން މަރުވި އިސްރާއީލު ސިފައިންގެ ޖުމްލަ ޢަދަދަކީ 502 އެވެ.

ހަނގުރާމައިގެ ޚަރަދުތައް

އަނެއްކޮޅުން އިސްރާއީލުން ބުނާގޮތުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައިގެ ޚަރަދުތައް އިއްޔެއާ ހަމައަށް  ވަނީ 66 ބިލިއަން ޝީކަލަށް އަރައިފައެވެ. އެއީ އެވްރެޖުކޮށް ބަލާއިރު ދުވާލަކު 800 މިލިއަން ޝީކަލެވެ.

މި ހަނގުރާމައިގެ ފުރަތަމަ ދެތިން ހަފުތާގައި ޚަރަދުތައް ވަނީ 1.3 ބިލިއަނަށް އަރައިފައެވެ. އެއީ ޒަމާނީ ފަންނިއްޔަތުގެ ހަތިޔާރުތައް ބޭނުންކުރުމާއި ޚިދްމަތަށް ނެރެންޖެހުނު ރިޒަރވް ސިފައިން ގިނަކަމުންނެވެ. މިހާރުވަނީ ރިޒަރވް ސިފައިންގެ ތެރެއިން 170 ހާސް މީހުން ދޫކޮށްލެވިފައެވެ.

އިސްރާއީލު ބުނާގޮތުގައި ބޭރުން ހަތިޔާރު ގަތުމަށް ޓަކައި ފަސް ބިލިއަން ޑޮލަރު އަދި އިސްރާއީލުގެ ޢަސްކަރީ ކުންފުނިތަކުން ހަތިޔާރު ގަތުމަށް ޓަކައި 20 ބިލިއަން ޝީކަލް ހޭދަކުރަންޖެހުނެވެ.   

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *