ތޮށަލިދުޅަޔަށް ހިނގާ ހުދު ކަޅުގެ ތައުބީރީ މި ދުނިޔޭގައި
ކޮށައިކޫރަން އުޅެންޖެހުނަސް ފުދޭ ނޫންހޭ؟ މަޢީޝަތުގައި
މިފަދަ ވަގުތީ ހިޔަލުގައި އަތުހިފާ އުފަލާ އަރާމަށް ލެނބި
ނުފަދަ ޒާތެއް ވަޒަންކުރުމީ ހެވެއް ނޫނޭ! ސަލާމަތުގައި
މިތާ ލިބިވާ އަރާމާ ދަރަޖަޔާ ޝާނާއި ޝައުކަތަކީ
ހިތާ ސިކުނޑީގެ ހައިޖާނޭ! ލިބޭ ދުނިޔޭގެ ސާޢަތުގައި
ކެތާ ސަބުރުގެ އިމުން ބޭރުވެ ނުދާށޭ! ވިރި ބޮޑާކަމުގައި
ދެތާވާ ހިނދު ދެ މޫނުގެ ވެރިއަކަށްވެ ނުބައި ސިޔާސަތުގައި
އަތުގެ ބާރެއް އޮތަސް ލިބިފައި ފުޅާ ފާޓުވެ ތަނަށް ނުތަކައި
ރަތުންދޭ ޒާލިމެއްކަމުގައި ނުވާށޭ! އަދު ނަހަމަގޮތުގައި
ލިބުނު މިންވަރު ލިބުނަތީ ވެސް ތިމާ މީހާ "ތިމާ" ދަނެގެން
ތިބެންވީ ކޮއްތު ފެންދަރު އެއްކުރާން ނޫންހޭ؟ ވެ ހެޔޮ ގޮތުގައި