Support Us

ރައީސް ޔާމީނަށް ޖަލުން ލިބޭ ޚިދުމަތްތައް އިތުރުކުރުމާ ގުޅޭގޮތުން ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ޖަލުން ލިބޭ ޚިދުމަތްތައް އިތުރުކުރުމާ ގުޅޭގޮތުން ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢިމްރާން އަބްދުﷲއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ހޯމް މިނިސްޓްރީން ކުރި ޓްވީޓުގައި ބުނީ މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޛުކުރަމުން ގެންދަވާ ރައީސް ޔާމީނަށް ޖަލުން ލިބޭ ޚިދުމަތްތައް އިތުރުކުރުމާ ގުޅޭގޮތުން ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން މިނިސްޓަރު ޢިމްރާން އަބްދުﷲއާ ބައްދަލުކުރައްވައިފައިވާ ކަމަށެވެ.

ނަމަވެސް ހޯމް މިނިސްޓްރީގެ މި ޓްވީޓާއި ގުޅިގެން ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހޯމް މިނިސްޓްރީން ދޮގު ޓްވީޓެއް ކޮށް ކަމުގެ ހަޤީޤަތް އޮޅުވާލާފައިވާ ކަމަށެވެ. އެފަދަ ދޮގު ހަބަރުތައް ފަތުރައިގެން ރައްޔިތުންނަށް އޮޅުވާލަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރައްވާ މަސައްކަތް ހުއްޓާލަން ވެސް، ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ގޮވާލައިފައިވެ އެވެ.

އެ ބަޔާނުގައި ބުނީ ހޯމް މިނިސްޓަރާއި ބައްދަލުކުރީ ރައީސް ޔާމީންގެ ލޯޔަރުންނާ އެމަނިކުފާނަށް ބައްދަލުނުވެ ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީ އާއި އަދި އެންމެ ފަހުން ހައި ކޯޓުގައި ބޭއްވުނު ރައީސް ޔާމީންގެ އިސްތިޢުނާފް އަޑު އެހުމުގައި ވެސް، އެކަން ހަމަޖައްސަވައި ދެއްވުމަށް ފަނޑިޔާރުންވެސް ވިދާޅުވެފައި ވާއިރު، އެކަން ހަމަނުޖެހި ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީ އެކަން ހަމަޖައްސައިދެއްވުމަށް އެދުމަށް ކަމަށެވެ. އަދި އެކަން ހަމަޖައްސަވައިދެއްވުމަށް ހޯމް މިނިސްޓަރާ ބައްދަލުކުރައްވާ އެކަން އެމަނިކުފާނަށް ހުށަހަޅުއްވަންޖެހިވަޑައިގަތީ، ހައި ކޯޓުގެ ފަނޑިޔާރުން އެކަމަށް ޢަމުރުކުރެއްވި ފަހުންވެސް މަހަކަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރުވެސް، އަދި ރައީސް ޔާމީންގެ ލޯޔަރުން އެކަން ހަމަޖައްސަވައިދެއްވުމަށް ކަރެކްޝަންސްގައި އެތައް ފަހަރެއްގެ މަތިން އެދެމުންދާއިރުވެސް، ކަރެކްޝަންސްއިން އެކަން ހަމަޖައްސަވައިނުދެއްވާ ދިގު ދަންމަމުން ގެންދާތީ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސްއާ ބައްދަލުކުރުމަށް ލީޑަރޝިޕުން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *