Support Us

މި މޫސުމުގެ އަޑުތައް

"އަހުރެން މިއަދު މެންބަރުކަމަށް ކުރިމަތި މިލީ ގައުމަށްޓަކާ،
އަހުރެންގެ ނެތް ވަކި ބޭނުމެއް ހަމަ ލޯބިވާ އަތޮޅަށްޓަކާ

އެއްވެސް ޟަރޫރީ ބޭނުމެއް އެއްވެސް ޝަރަފަކާ ޢިއްޒަތެއް،
އެއްވެސް ދެވަނަ އުފަލެއްނެތޭ! މުޅި ދާއިރާގެ މޮޅަށް ޓަކާ

ނިކަމެތިވެފައިވާ ދާއިރާ މީހުންގެ ނިކަމެތި ޙާލަތަށް،
ހިތުގައި މިވާ ރަޙުމާ އެކީ މިތުރުން އެދޭ އުފަލަށްޓަކާ

މީހުން އެހެން "ދިއްކޮށްލަދޭ ކުދިކުދި އެހީ ޖީބަށްލަނީ"
މީހުންގެ ޢުމްރާނިއްޔަތާ އަތޮޅުގެ ތަރައްގީއަށް ޓަކާ

"އެއްޗެއް ލިބެންޏާ" ހުށައެޅޭ ހަމަ ކޮންމެފަދަ ގާނޫނަކަސް،
އެއްޗެއް ނުބުނެ އިނދެ ވޯޓުދެވެނީ ދާއިރާ ޙައްޤަށްޓަކާ

ހޮވިގެން މަހަކު ތިންހަތަރު ޕާޓީ ކުލަ ބަދަލުކުރަމުން ދަނީ
ހޮވި ދާއިރާޔަށް އެކިރޮނގުން ފުއްދަންޖެހޭ ވަޢުދަށްޓަކާ

އެކި އެކި މަގާމުގެ މީހުނަށް އިތުބާރުނެތް ވޯޓެއް ދެނީ،
އެކިފަހަރު އެލިބޭ އެއްޗަކުން ފުލެޓެއް ރަނގަޅު ގަތުމަށްޓަކާ

އޮޅިގެން ނުބައި ފިތަކަށް އޮބައިލެވިގެން ދެވޭހާ ވޯޓަކީ،
އޮޅިގެންނަކުން ނޫނޭ! އެއީ، ހޮވި ދާއިރާގެ މޮޅަށް ޓަކާ

ޕެޓިޝަންތަކެއްގައި ސޮއެކުރަން ޖެހެނީ ލިބޭ ފުލެޓަށްޓަކާ
އެލިބޭ ފުލެޓު ބޭނުން ވަނީ އަތޮޅުގެ ދަރީން ތިބުމަށްޓަކާ

ވިހި ހާހު އެލަވަންސާއި އައްޑިހަ ހާސް މުސާރަ މިބޮޑުކުރީ
މިފެށޭ ދައުރު ކެންޕޭނުގައި އެކިއެކި ޚަރަދު ކުރުމަށްޓަކާ

ދަތިޙާލުގައި، ހައިހޫނުގައި، ތިޔަރައްޔިތުން ތި އުޅޭގޮތުން
މަތިހަށިނަގާފައި ގަދަހަދައި އުޅުމުން ލިބޭނެ މޮޅަށްޓަކާ

****

އެންމެން މިތިބަގެން މޮޔަވަނީ، މީ ފަހެ! ޢަޖައިބެއް ފަދަކަމެއް،
"އެއްވެސް އަމިއްލަ އެދުން ނެތޯ" ތިބެ މަރުދެނީ މިކަމަށްޓަކާ

ޢަމަލާއި، ހިތަށާ ބައްލަވައި ވޮޑިގެންވަނީ ﷲ ކަން،
ރަނގަޅަށް އެނގެންޏާ ދޮގު ހަދަންވީ ކާކުދެކެ ބިރަކަށްޓަކާ"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *