ހިތް ރުޔަސްވެސް ކަރުނަތައް ބޭރަށް ލޮލުގެ އޮހޮރާ ނުލަން
ހިތް ރުހޭ މިތުރާގެ ލޯތްބާ، ހިތްމަގޭ ދުރަކަށް ނުލަން
ދުނިޔެއާ ދުނިޔޭގެ ލޯތައް، ކޮންމެ ގޮތަކަށް ދުށް ކަމަކު
ފުނިޖެހޭ ޝަކުވާ މިހިތުގައި، ކަންފަތަށް އިއްވާ ނުލަން
ތިޔަ އަތުން ފޮޅުވައިލަމުން، އިލްޒާމު ލޯތްބެއް އެޅުވިޔަސް
ފިޔަތަކެއް ފޮނިބޮއިލުމަށް މާބުރު އަޔަސް ހުޅުވައިނުލަން
އޮއިވަރާ ރާޅާއެކީ ގެނބުރަށް ހިފާ ދެމިޔަސް ދުރަށް
ފޮއިމަތީގައި ވެސް އަރާމަށް ގޮނޑުދޮށަށް ބީއްސާނުލަން
ފަޅުހަޔާތުގެ ދަތުރުގައި، މަންޒިލް ލޮލަށް ފެންނަން ނެތަސް
ގުޅި އެކީ އުޅުމަށް ކުރާ އުއްމީދުތައް މަރައެއް ނުލަން
ހަނދުވަރެއް ފެންނަން ނެތަސް ހުވަފެންތަކުން ބައްދަލުވުމުން
އަނދިރި ފަރުދާ ފުރަގަހަަށްލައި، ދުރުވަނީ މިހިތާ ގިލަން