Support Us

އިލްތިމާސެއް

ރޭވިގެން އެކިއެކި ނުބައި ކަންތައް ކުރާއިރު ވިސްނަވާތި
ނޭނގި ﷲ އަށް ކަމެއް ނޯންނާނެކަން ދެނެގެން ކުރާތި

ބައްތިއެއް ވޮށް އަލިކަމެއް ނެތް ކަނު އަނދިރި ތަނަކަށް ވިޔަސް
ޖައްލަ ރައްބީ ނޫރުފުޅު އަލިވާނެ ކަން، ދެނެގެން ކުރާތި

ކޮންމެ ކަމަކާ ކޮންމެ ސިއްރެއް ސިއްރު ނުވެވޭނޭ ކަމަށް،
ކޮންމެ ތަދްބީރެއް ކުރާއިރު ކޮންމެހެން މިހަނދާން ކުރާތި

ދެއްވަވާ ތި މެޖޯރެޓީއާ އިއްތިފާގާ އަޣްލަބިއްޔަތު
ދެއްވަނީ ﷲ ކަންވެސް ހަނދުމައިން ނެތިކޮށް ނުލާތި

މާކުރިންވެސް ރޭވި ރޭވުންތައް އެދިޔަގޮތް "ފަނު ފުލުން"
ޙާލު ޖެހިގެން ވީ ފަޟީޙަތް ވީ ގޮތާމެދު ވިސްނަވާތި

ބާރުގަދަމީހުން ވަށައިގެން ބާރުދޭން އަދު ތިއްބަކަސް
މާދަމާވެސް ވާނެ ގޮތް ނޭނގޭނެކަން ދެނެގެން އުޅޭތި

ދެއްވި ތިޔަ ބޮޑު އަޣުލަބިއްޔަތު ދެއްވިފަދައިން ގެންދެވުން
އެންމެ މަތިވެރި ރައްބުއަށް ތީ ދާދި ކުޑަ ކަމަކަށް ބަލާތި

ޙައްޤު ރައްކާކޮށް، ނުޙައްޤުން ރާވަމުންދާއިރު ދެކޭތި!
ޙައްޤަށޭ! ﷲ ދެއްވާ، ނަޞްރު ދެއްވާނީ ބަލާތި

ވަމަކަރޫ ވަމަކަރަﷲ ވަﷲ ޚައިރުލް މާކިރީން،
މަކަރު ހަދަމުންދާ ބަޔަކު މި ވަޙީގެ ބަސްފުޅުވެސް އަހާތި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *