ޕާލަމެންޓު މެޖޯރިޓީ ދިން ރައްޔިތުންނަށް ވިސްނަވާތި،
އާދައުރަކަށް ރައްޔިތުންހޮވި ވެރިކަމެއް ވައްޓާނުލާތި
"ފަސްއަހަރު ހެދި ޓެސްޓު ތަކަކުން ބަލިތަކެއް ޕޮޒިޓިވް ވުމުން"
ފަސްއަހަރަކަށް ބަދަލުގެނައީ ރައްޔިތުންކަން ވިސްނަވާތި
އަދި މިއުޅެނީ މަސްދުވަސްނުވެގެން މިގެނެވުނު ބަދަލަކަށް،
އަޑިއަޑީން ރާވާހަދައިގެން އަޒުލުކޮށް، ވަކިކޮށް ނުލާތި
ރައްޔިތުން ހޮވިމެންބަރުންކަން ތިމަ ތިމާމެން ވިސްނަވާތި،
ރައްޔިތުން ދިން އަޣްލަބިއްޔަތު ހެޔޮގޮތުން ބޭނުން ކުރާތި
ޕާލަމެންޓު މެޖޯރެޓީއެއް އަދި އޮތަސް ވިސްނަންޖެހޭނެ
ޙާލަތާ ވަގުތާއި މަޞްލަޙަތަށް ބަލައިގެން ކަން ކުރާތި
ގައުމުގައި ތިބި ލައްކަ އެތަކެއް ހާސް ބަޔަކު ބޭނުންވެގެން
ގައުމުގައި އޮތް ވެރިކަމަށް ގެނެވުނު ބަދަލުކަން ވިސްނަވާތި،
ރައްޔިތުން ހެޔޮނިޔަތުގައި ދިން އަޣްލަބިއްޔަތުގަައި ހަދާގޮތް،
ރައްޔިތުން މިތިބީ ވަރަށް ކައިރިން ބަލަންކަން ވިސްނަވާތި