ތިޔަ ލޯބިވާގެ ހަނދާންތަކޭ، އެކުގައިވަނީ މި ހަޔާތުގައި
ދިޔަޔަސް ދުރަށް ތިޔަ ލޯބިވާ، ހިބަކޮށްލަމޭ ހިތް އާހުގައި
ދިޔަތަން ހަޔާތުގެ މޯހިރަށް ހޯދަން ފަތާ ފީނާކަށެއް
ބިޔަ ކަނޑުތަކަށް އެރިގެން އުޅެން ޝައުގެއް ނެތޭ ދެން އަދަކުގައި
ތިޔަނަން ދުލުން އިރުއިރު ކޮޅާ ކިޔަމުން ފަހަތް ބަލަމުން ހިނގާ
ހިޔަލުން އަނެއްކާ ތިޔަ ހިނގަން، ދާކަށް ނެތިން ހުރެ ވަހުމުގައި
ހިޔަކަށް ތަބާވެވިގެން ފަހަތް، ހޯދާނަމޭ ގެން ހިތު އަޅައި
ފިޔަވަޅުތަކަށް ބޮސްދޭކަށެއް ނުމެދާނަމޭ އެ ޚިޔާލުގައި
ހިންދާލަމުން ކަރުނައިގެ ލޭ ތިކިތައް ލޮލަށް އަސަރާއެކީ
ވިންދާ ހިތާ މި ފުރާނަޔާ ދޭކަށް ނެތިން ތިޔަ ޝަރަފުގައި
ލެނބި އިޝްޤުގައި ޤުރުބާން ހިތާ ނަފްސާއި ކުޅަ އިންސާނަކަށް
އަނބުރާ ލިބޭނީ ކަރުނައޭ ކަން އޮތް ގޮތޭ މީ މިކަމުގައި
ނުބުނަން ވަރަށް ކެތްކޮށް ހުރިން، މި ބުނާ ހިސާބުން ހަނުހުރިން
ލިބުނީ ތަދާ ވޭނާ ރިހުން، ދުނިޔޭގެ މި ކިޔާ އިޝްޤުގައި