ދޭ ތުރާ، ލިޔެލާން ފެށީ މާޒީގެ ހިތި ޞަފުޙާތަކެއް
ވޭތުވީ ދަހަރުގެތެރޭން ތިލަވީ ސިފަވެ މަންޒަރުތަކެއް
ދިރިއުޅޭ މި ޙަޔާތުގައި ފެނި ދިޔަ ބައެއް ހަރަކާތަކީ
ކުރިމަގާއި ސަލާމަތަށް އެޅިހިޔަނިލީ ދަންފަޅިތަކެއް
އަންނަ ގަދަފަދަ ވާރެޔާ ވިއްސާރަޔާ ވައިރޯޅިޔާ
ގެންނަ ބަދަލުން ފެނިދަނީ ޙައިރާންވެދާ ކުލަވަރުތަކެއް
އޭގެ ފަހަތުން ހޮޅިނަގައި އައި ރާޅު ފޮނުލާ އޮއިވަރުން
ނޭނގި ހިލުވާ ގުޖަޑަކީ ހާސްކަން ލިބުނު ތޫފާންތަކެއް
އެއްފަރާތުން ހުރެ ނަގާ އުސް އަދި އެހާ މާވަހިތަކާ
އެއްވެލައި އުދަރެސްވުމީ ހިތްފަޅިވެދާ ކެކުޅުންތަކެއް
ނުފެނި ވިހަލާ މުޅި ވުޖޫދަށް ހުއްޓުމެއް ގެނުވައިދެނީ
އުފެދިގެން ފެތުރޭ ނުބައި ބަލިމަޑުކަމާއި ވަބާތަކެއް
ކޮންމެ ކަނަކުން ކޮންމެ ހިނދަކުން ބެއްދިޔަސް ހަފަރާތް އެކީ
ކޮންމެ ދަތިކަމަކީ ހިމޭން އުފަލެއް ލިބޭ އިބުރަތްތަކެއް