Support Us

ދިރިހުރީ އެ ހަނދާންތަކޭ

ފޮރުވިފާ ހިތުގައިވަނީ ލޯބީގެ ފުން އެ ހަނދާންތަކޭ
ތޮރުފަމުން މޭ ޢިޝްގުގައި ދިޔަ މޫސުމެއްގެ ހަނދާންތަކޭ

***

ގަސްދަށަށް ލޯބީގެ ވަދެ ހިޔަލުން ލިބުނު ފިނި ރާހަތާ
މަސްރަހެއްގައި އެކަނިވީ ދެހިތެއްގެ ހޫނު ހަރާރަތާ
ބަސްތަކުން ތުންފަތުގެ ދެމެދުން އޮހުނު އެހެރަ ބަރާއަތާ
މަސްތުވީ ހީނލުންތަކުން ޖަޒުބާތު ހޭލި ހަނދާންތަކޭ

އަތުގުޅާލައިގެން ލޮލާ ސިއްރުން އެ ދިން ބީހުންތަކާ
ހިތުގެ ކަރުދާހަށް ނެގުނު ކުލަރީތި ރަންގު ފޮޓޯތަކާ
މެތުރިގެން ހުވަނދުގެ ވަހާ ގުޅި ލާމެހުނު ނޭވާތަކާ
ދަތުރުކުރި ހަނދު މެދުއުޑުން ހެކިކުރުވި ރޭގެ ހަނދާންތަކޭ

ނުދަނެއޭ ދެހިތުން ހިތެއް ދުނިޔޭގެ ކެހިވެރި ފިތުނައެއް
ނުދެކެއޭ ދެލޮލުން ލޮލެއް ނީރާލި އަމުދުން ކަރުނައެއް
ނުބުނެއޭ ދެދުލުން ދުލެއް އަނެކާގެ މޮހި ނެތް އިޒުނައެއް
ނުކުރެވޭނެ ބަޔާން މިއީ ރިހުމެއްގެ މީރު ހަނދާންތަކޭ

ފަރިވެގެން އައި މޫސުމަށް ފަރި ދޭލިޔާގެ ހިމޭންކަމާ
ބަރިޔަކަށް ހުރި ފިޔަތަކާ ލެނބުމާއި އޭގެ އޮމާންކަމާ
ތަރިތަކެއްހެން ހުރި ވިދާ ކަރުގަނޑުގެ ރީތި ކަޝިސްކަމާ
ކުރިމަތިން ދެކެމުން އައިސް ތިރިކޮށްލި ފާޑު ހަނދާންތަކޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *